Advertisement

ހުޅުމާލެ ފޭސް 2 ގެ އަތިރިމަތި --

09 May 2024
ޚަބަރު
ޢަލީ ސުލައިމާން

ދިވެހިންގެ ތެރެއިން މިލިޔަނަރުންނަށް ހުޅުމާލެއިން ބިން ގަތުމަށް ފުރުޞަތު ހުޅުވާލައިފި

ހުޅުމާލެއިން ބިންގަތުމަށް ދިވެހިންނަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، ދިރިއުޅުމަށް ހުޅުމާލެ ބީޗް ފްރަންޓްއިން 13 ބިމެއް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބިން ވިއްކުމަށް ހަމަޖައްސާފައި ވަނީ ޕޯޓަލް މެދުވެރިކޮށް ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ. 

ބިންގަތުމަށް ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމްކޮށްފައި ވަނީ މައިގަނޑު ދެ ޝަރުޠެކެވެ. އެއީ ވަކި ފަރުދަކު ނަމަ އުމުރުން 18 އަހަރު ފުރިފައި ވުމާއި، ކުންފުންޏެއް ނަމަ %100 ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

އެޗްޑީސީން ބުނެފައި ވަނީ، ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކަކީ، 1864 އަކަފޫޓާއި 2408 އަކަފޫޓާއި ދެމެދުގެ 13 ބިން ކަމަށެވެ. މިގޮތުން ބީޗު ފްރޮންޓް އިން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ، 4500ރ އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ، 4000ރ އެވެ. 

ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ ހުށައަޅަން ޖެހެއެވެ. ބީލަން ފެށޭ އެންމެ ކުޑައަގުން ބަލާނަމަ އެންމެ ކުޑަ ބިމަށްވެސް 8 މިލިއަން ރުފިޔާ ޖެހެއެވެ.

ބިން ވިއްކުމަށް ހުޅުވާލާފައި ވަނީ ހިޔާ ޓަވަރުތަކުގެ އިރުމަތީ ފަރާތު އަތިރިމަތިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.