Advertisement

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންތަކެއް ކުޅެނީ --

09 May 2024
ޚަބަރު
ޢަލީ ސުލައިމާން

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ފެސްޓިވަލެއް ބާއްވަނީ

މާދަމާ ފާހަގަ ކުރާ ދިވެހިރާއްޖޭގެ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި، “އުފާ ފެސްޓިވަލް”ގެ ނަމުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައިވާ ކަމުގައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްއިން ވިދާޅުވެއްޖެއެވެ. 

އެމިނިސްޓްރީން ވިދާޅުވީ، ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މެއި މަހުގެ 10 އަދި 11 ވަނަ ދުވަހުގައި ކަމަށެެވެ. މިގޮތުން އުފާ ފެސްޓިވަލް ބާއްވާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00އަށް އަދި 20:00 އިން 22:00އަށް ކަމުގައި، އެމިނިސްޓްރީން ވިދާޅުވެއެވެ.

އެޗްޑީސީ އާއި ގުޅިގެން ކުރިޔަށް ގެންދާ އުފާ ފެސްޓިވަލަކީ، ކުޑަކުދިންގެ ދުވަހާއި، ހުޅުމާލެ އާބާދުވިތާ 20 އަހަރު ފުރުން ފާހަގަކުރުމާއި ގުޅުވައިގެން ކުރިޔަށްގެންދާ ހަރަކާތެއް ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތު ކޭކު ފެޅުމުގެ ހަރަކާތެއް ބާއްވާއިރު، މިސް ޔޫލީ އާއެކު ކުޑަކުދިންގެ ވާހަކަ ކިޔުމުގެ ހަރަކާތަކާއި، ރޮބޯ މޭންގެ ހަރަކާތްތައް އަދި ބޮޑު ބެރު ހަރަކާތްތައް މާއްދަމާ ބާއްވާނެ އެވެ. އަދި ހޮނިހިރު ދުވަހު ފެންކުޅުމާއި، އެދުވަހުގެ ރޭ މޫވީ ނައިޓް އަދި ހަވާއެރުވުން އޮންނާނެ ކަމުގައިވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.