ޚަބަރު
ޚަބަރު
03 May 2024
ޚަބަރު
ބޮޑު ދެ އިންތިޚާބުން ބަލިވި ސަބަބު ދެނެގަތުމަށް އެމްޑީޕީން ދިރާސާއެއް ކުރަނީ
އެޕާޓީން ބުނީ، އެގޮތަށް ނިންމާފައި ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެ ޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ބުދަ ދުވަހުގެ ރޭގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުުުމުގައި ކަމަށެވެ. ޤައުމީ މަޖިލީހުގެ އެބައްދަލުވުުމުގައި، އެމަޖިލީހުގައި ހިމެނޭ 50 ވުރެ ގިނަ މެމްބަރުން ބައިވެރިވިއެވެ.
02 May 2024
ޚަބަރު
ޤައުމަށް ގެއްލިގެން އެދިޔައީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް: ރައީސް
ޑޮކްޓަރ އާމިނަތު ރަމްޝާގެ ވަކިވެދިޔުމާއި އެކު ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމާއި އަދި އެއީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމާއި، ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
02 May 2024
ޚަބަރު
ވަޢުދު ނުފުއްދޭކަން ފާހަގަވެގެން ފެނާއި ކަރަންޓް ބިލްތަކަށް އަލުން ލުއިދޭން ރައީސް އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައި މިވަނީ، ކަރަންޓާއި ފެންބިލްތައް ބޮޑުވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އެކަން ފުރިހަމަ ނުކުރެއްވޭ ކަމުގައި ނޫސްވެރިން ފާހަގަކުރުމުން އާދީއްތަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ސަރުކާރުން އެކަން ދިފާޢުވެސް ކުރިއެވެ.
02 May 2024
ޚަބަރު
ފެނަކައިންވެސް ކަަރަންޓް ބިލްތަކަށް ޑިސްކައުންޓް ދެނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު ވިދާޅުވީ، މާރިޗު މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދީފައި ވާއިރު، އެމަހުގެ ބިލްގައި ހިމެނިފައި ވަނީ ރަމަޟާން މަހު 13 ދުވަސް ކަމަށެވެ. އަދި ބިލް ހަދާ ތާރީޚުތަކަށް ބަލާއިރު ރަމަޟާން މަސް ވަކިން ބިލް ހެދުމަކީ އެކަމުގައި ދަތިތަކެއް އޮތް ކަމެއް ކަމުގައިވެސް މުއާޛު ވިދާޅުވިއެވެ.
02 May 2024
ޚަބަރު
މިމަހު ފޮނުވި ކަރަންޓް ބިލްތަަކަށް ޑިސްކައުންޓްދޭން ނިންމައިފި
ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި ކަމަށާއި، މިހާރު ފޮނުވާފައިވާ ބިލްތައް އެ ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް އަލުން ފޮނުވާނެކަމަށެވެ.
02 May 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޮޕަރޭޝަނެއް ފަށައިފި
މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވީ، މި އޮޕަރޭޝަނުގެ ބޭނުމަކީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓް ކުރުން ނޫންކަމަށާއި، މިވަގުތު އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ، މީހުން ދެނެގަތުމާއި އެމީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރުން ކަމަށެވެ.
02 May 2024
ޚަބަރު
އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ޢަބްދުﷲ އުނައިސް ހަމަޖައްސައިފި
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ހުސްވީ އެމަޤާމުގައި ކުރިން ހުންނެވި ޙަސަން ޒަކަރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ.
02 May 2024
ޚަބަރު
ޔޫއޭއީގެ ރައީސަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި
ޝައިހް ޠަޙްނޫން ބިން މުހައްމަދު އަލް ނަހްޔާންއަކީ، ޔޫއޭއީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން 1971 ވަނަ އަހަރުން ފެށިގެން އަވަހާރަވުމާއި ހަމައަށް އެމަނިކުފާނު ހުންނެވީ، ޔޫއޭއީގެ އިރުމަތީ ސަރަހައްދަށް، ޢައްޔަނުކުރައްވާފައިވާ ޔޫއޭއީގެ ވެރިޔާގެ ވެރިޔާގެ މަންދޫބުގެ މަޤާމުގައެވެ. މީގެ އިތުރުން 1977 އިން 2006އަށް އަބޫ ދާބީގެ އެގްޒެކްޓިވް ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.
02 May 2024
ޚަބަރު
ޖިންސީ ގޯނާގެ މައްސަލައިގައި ދޮށީ އުމުރުގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާ ހައްޔަރުކޮށް، ތަޙްޤީޤު ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ، ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގައި ކަމަށެވެ.
02 May 2024
ޚަބަރު
ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ ހޯދައި އާއިލާއާ ހަވާލުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ބެލި ބެލުމުން މެދުރާއްޖެތެރޭގެ އަތޮޅެއްގެ ރަށަަކުން ގެއްލުނުކަމަށް ރިޕޯޓްކޮށްފައިވާ، ލޯންޗުގައި މާލެއަށް ދަތުރުކޮށްފައި ވަނީ 14 އަހަރުގެ ފިރިހެން ކުއްޖާއެވެ.
02 May 2024
ޚަބަރު
ޑްރާމާ ކްއީން އަނޫޕަމާ ބީޖޭޕީއަށް ސޮއެކޮށްފި
ބީޖޭޕީއާ ގުޅުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން، އަނޫޕަމާ ބުނީ، އޭނާ ބީޖޭޕީއާ ގުޅުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤައުމަށް ކޮށްދެއްވާ ޚިދުމަށްތައް ފެނި، އެޚިދުމަތްތައްކޮށްދިނުމުގައި އޭނާގެ ބައިވެރިވުންވެސް ދިނުމުގެ ގޮތުން ކަމަށެވެ.
02 May 2024
ޚަބަރު
އަދި އެމްޑީޕީ ވެރިކަމަށް ގެންނާނަން، އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ނަގާތަންވެސް އަދި ފެންނާނެ: ޝާހިދު
ފައްޔާޒު ވިދާޅުވީ، ޤައުމީ މަޖިލީހަށް ހުށައެޅިގެން ދިޔައީ، އެމްޑީޕީގެ އާއްމު މެމްބަރުންނާއި އާއްމު ދިވެހިރައްޔިތުންނާއި މަޝްވަރާކުރެވިގެން، އެމްޑީޕީ ކުރިޔަށް އޮތް ތަނުގައި ބައްޓަން ކުރާނެ ގޮތުގެ މަސައްކަތްތައް ކުރުން ކަމަށެވެ. މިގޮތުން ކުރެވޭ ދިރާސާގެ އަލީގައިކުރިޔަށްދާން ނިންމުނު ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.
02 May 2024
ޚަބަރު
ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ ހޯދައިފި
ކުޑަކުއްޖާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި ގްރޭޑް-9ގައި ތަޢުލީމު ހާސިލްކުރަމުން އައި އެކުއްޖާ އެކަނި ލޯންޗެއްގައި ހުޅުމާލެއަށް އައިސްފައި ވަނީ ރޭގައެވެ. އެކުއްޖާ މާލެ އައީ އޭނާ ލޯބިވެގެން އުޅޭ ކުޑަކުއްޖާއަށް އޭނާގެ އާއިލާގެ ތެރެެެއިން އަނިޔާ ލިބޭކަމަށް ބުނެފައިވާތީ ކަމަށް ވާހަކަ ފެތުރިފައިވާކަމުގައިވެސް އެރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
01 May 2024
ޚަބަރު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި
އެމްޑީޕީން ބުނީ، އެ ޕާޓީއަކީ އަބަދުވެސް ދިވެހި ހީވާގި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ, އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމައެކަނި ސިޔާސީ ޕާޓީކަމަށެވެ. މިގޮތުން، ކޮންމެ އަހަރެއްގެ މެއި 1 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާއި, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ޤާނޫނުތައް ފާސްކޮށް ސިޔާސަތުތައް ކަނޑައެޅުމުގައި އެޕާޓީންކޮށްފައިވާ މަސައްކަތްތައް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
01 May 2024
ޚަބަރު
ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން ދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން އައި އެ ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހުގައި އެކަމާއި ގުޅުންހުރި މައްސަލަތައް ތަޙްޤީޤުކުރަން ފަށާފައިވާކަމަށެވެ. އެނގިފައިވާ ގޮތުގައި އެޓެލެގްރާމް ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައިރު އެގްރޫޕުގައި 1500 ވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވެއެވެ.
01 May 2024
ޚަބަރު
މަސައްކަތްތެރިންގެ ޙައްޤުތަކަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ: ރައީސް ޞާލިޙް
އެމަނިކުފާނުގެ މެސެޖުގައި ވަނީ، އެމްޑީޕީގެ ސަރުކާރުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް، ކުރެވިފައިވާ ކަންކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެޤާނޫނު ތަސްދީޤުކޮށް އަމަލުކުރަން ފެށިފައިވާ ކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.