Advertisement

ފުލުހުންގެ އިދާރާ --

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ ހޯދައިފި

ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ ހޯދައިފިއެވެ.

މެދުރާއްޖެތެރޭގެ ރަށަަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ހޯދާފައި ވަނީ ހުޅުމާލެއިން ކަމަށް، އެކުޑަކުއްޖާ ނިސްބަތްވާ ރަށުން މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް ކުޑަކުއްޖާ އާއި ބެހޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުއްޖާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި ގްރޭޑް-9ގައި ތަޢުލީމު ހާސިލްކުރަމުން އައި އެކުއްޖާ އެކަނި ލޯންޗެއްގައި ހުޅުމާލެއަށް އައިސްފައި ވަނީ ރޭގައެވެ. އެކުއްޖާ މާލެ އައީ އޭނާ ލޯބިވެގެން އުޅޭ ކުޑަކުއްޖާއަށް އޭނާގެ އާއިލާގެ ތެރެެެއިން އަނިޔާ ލިބޭކަމަށް ބުނެފައިވާތީ ކަމަށް ވާހަކަ ފެތުރިފައިވާކަމުގައިވެސް އެރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އާއިލާ ރޫޅުމުގެ ސަބަބުން އެކަމުގެ ނަފްސާނީ އަސަރުތައް ކޮށްފައިވާ ކުޑަކުއްޖާ ހުޅުމާލެއަށް އައީ، މ އަތޮޅުގެ ރިޒޯޓެއްގެ ލޯންޗެއް ހުއްދަނެތި ނަގައިގެންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މ އަތޮޅުގެ ރަށަކުން ގެއްލުނު ކަމަށް ރިޕޯޓް ކުރި ލޯންޗެއް ހުޅުމާލޭ ފަޅުތެރޭގައި އޮއްވައި ފެނިފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ފުލުހުންގެ އިދާރާއިން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ކުރާ ކުށްތަކުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ކުއްޖާގެ އައިޑެންޓިޓީ ހާމަކުރުމަކީ، ޤާނޫނީ ކުށެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.