Advertisement

ފުނަދޫގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރުން - ފޮޓޯ: މުހައްމަދު ހުޝާމް ޙުސައިން (ފޭސްބުކް)

03 May 2024
ޚަބަރު

ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވެނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވެނު އުމުރުން 60 އަހަރުގެ މީހަކު ށ. ފުނަދޫއިން ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެމީހާ އާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެެވެ.

ނޫން.އެމްވީއަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައި ވަނީ، ކޮޅުމަޑުލު ވިލުފުއްޓަށް ނިސްބަތްވާ، މާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

އޭނާގެ މައްޗަށް ފުނަދޫގެ ބައެއް މީހުން ތުހުމަތުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި އިންތިޚާބުވި މެމްބަރު، މުޙައްމަދު މަމްދޫހު މަރާލުމަށް އޭނާ ސިހުރުހަދައިދޭ ކަމުގެ ތުހުމަތެވެ. އަދި އޭނާ ހައްޔަރުކުރުމަށް ގޮވާލައި ފުނަދޫގެ ބައެއް އާއްމުން ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ. މީގެ އިތުރުން މަމްދޫހުއަށް ސިހުރު ހަދައިކަންތައްތައްކޮށްފައިވާ ކަމަށް ބުނާ ލޯމޮހޮރުތަކެއްވެސް ބަޔަކު ހޯދައި އެކަމާއި ގުޅޭ މައުލޫމާތު ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.