Advertisement

ޝައިހް ޠަޙްނޫން ބިން މުހައްމަދު އަލް ނަހްޔާން --

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޔޫއޭއީގެ ރައީސަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޝާޙީ އާއިލާގެ މެމްބަރު، ޝައިހް ޠަޙްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަޙްޔާނަށް ތައުޒިޔާ ވިދާޅުވެމެސެޖެއް ފޮނުއްވައިފިއެވެ.

އަމީރު، ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އާލާސްކަންފުޅާއި އުޅުއްވުމަށްފަހުގައި، އުމުރުފުޅުން 82 އަހަރުފުޅުގައި އިއްޔެއެވެ.

ޝައިހް ޠަޙްނޫން ބިން މުހައްމަދު އަލް ނަހްޔާންއަކީ، ޔޫއޭއީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން 1971 ވަނަ އަހަރުން ފެށިގެން އަވަހާރަވުމާއި ހަމައަށް އެމަނިކުފާނު ހުންނެވީ، ޔޫއޭއީގެ އިރުމަތީ ސަރަހައްދަށް، ޢައްޔަނުކުރައްވާފައިވާ ޔޫއޭއީގެ ވެރިޔާގެ ވެރިޔާގެ މަންދޫބުގެ މަޤާމުގައެވެ. މީގެ އިތުރުން 1977 އިން 2006އަށް އަބޫ ދާބީގެ އެގްޒެކްޓިވް ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

ޔޫއޭއީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަޔާއި އަދި ދިވެހިރައްޔިތުންގެ ނަމުގައި، ޔޫއޭއީގެ ރައީސަށާއި ޝާހީ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ޝައިހް ޠަޙްނޫން ބިން މުހައްމަދު އަލް ނަހްޔާން ޔޫއޭއީގެ ކުރިއެރުމާއި ތަރައްޤީއަށް ކުރެއްވެވި ޚިދުމަތްތަކުގެ ޒިކުރާ ދެމިހުންނާނޭކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޝައިހް ޠަޙްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ޔޫއޭއީގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒައިދު ބިން އަލްނަހްޔާން ވަނީ ޔޫއޭއީގައި ޤައުމީ ހިތާމައިގެ 7 ދުވަސް އިޢުލާނު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.