Advertisement

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

އަދި އެމްޑީޕީ ވެރިކަމަށް ގެންނާނަން، އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ނަގާތަންވެސް އަދި ފެންނާނެ: ޝާހިދު

އަދި އެމްޑީޕީ ވެރިކަމަށް ގެންނާނެ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ނަގާތަންވެސް އަދި ފެންނާނެ ކަމުގައި، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީގުގެ ބައްދަލުވުމަށްފަހުގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބުގައި، އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބަށްފަހު އެޕާޓީއަށް ވަނީ ފާޑު ކިޔުންތައް ވަރަށް ބޮޑަށް އަމާޒު ވެފައެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާ ދިނުމަށްވެސް އާއްމު މެމްބަރުންގެ ތެރެއިން ބައެއް ފަރާތްތަކުން ގޮވާލާފައިވެއެވެ. އެހެން ނަމަވެސް ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވިދާޅުވީ، މިއީ އެބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މިރޭ ބޭއްވި ޤައުމީ މަޖިލީހުގައިވެސް މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައި ވަނީ ބޮޑު ދެއިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީ އާއި ގުޅޭ ގޮތުންނެވެ.

"އަޅުގަނޑުމެން މިތިބީ އެއް އިންތިޚާބުން ބަލިވީމާ، އުޑު ބޮލަށް ވެއްޓުނީ ކަމަށް ހީކޮށް، ފިލާ ގޮތަަކަށް ނޫން. އަޅުގަނޑުމެން ނުކުމެ މިތިބީ ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ހޯދައިދޭން ނިކަން ކެރިގެން."

ޢަބުދުﷲ ޝާހިދު - އެމްޑީޕީގެ ރައީސް

ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، މަޖިލިސް އިންތިޚާބުން ބަލިވި ސަބަބުތައް ދެނެގަތުމަށް އެކަށީގެންވާ ދިރާސާއެއް ހައްދަވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ޕާޓީ ވަރުގަދަ ކުރެއްވުމަށް އިތުރު ގިނަ މަސައްކަތްތައް ކުރައްވާނެ ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

"ޤައުމީ މަޖިލިސްއިން ވަރަށް ފުޅާ ދާއިރާއެއްގައި، ދެންމެ އަޅުގަނޑުމެން މަޝްވަރާކޮށް މިނިންމާލީ. ދެން އެކި ބޭފުޅުންގެ ހުރި އެކި ހިޔާލުތަށް އަޅުގަނޑުމެންނާއި ހިސާބަށް، އޭގެ ތެރޭގައި ޕާޓީ ކުރިޔަށް ގެންދަންވީ ބައެއް ގޮތް ގޮތާއި، ޕާޓީގެ ހަރަކާތްތައް ހުންނަންވީ ބައެއް ގޮތް ގޮތާއި، އަދި އަޅުގަނޑުމެން އިންތިޚާބުން ނާކާމިޔާބު ވުމަށް ދިމާވި އެބޭފުޅުންނަށް ފެންނަ، ބައެއް ސަބަބުތަކާއި އެއްޗެހި ކޮންމެ ބޭފުޅަކުވެސް ފާހަގަ ކުރެއްވި. އެހެންވީމާ އޭގެ ޚިޔާލު ތަފާތުވުންވެސް އެބަހުރި އެކިއެކި ކަންކަމަށް."

ފައްޔާޒު އިސްމާއީލް - އެމްޑީޕީގެ ޗެއާޕާސަން

ފައްޔާޒު ވިދާޅުވީ، ޤައުމީ މަޖިލީހަށް ހުށައެޅިގެން ދިޔައީ، އެމްޑީޕީގެ އާއްމު މެމްބަރުންނާއި އާއްމު ދިވެހިރައްޔިތުންނާއި މަޝްވަރާކުރެވިގެން، އެމްޑީޕީ ކުރިޔަށް އޮތް ތަނުގައި ބައްޓަން ކުރާނެ ގޮތުގެ މަސައްކަތްތައް ކުރުން ކަމަށެވެ. މިގޮތުން ކުރެވޭ ދިރާސާގެ އަލީގައިކުރިޔަށްދާން ނިންމުނު ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމަކީ، ހުސްވި މަހުގެ 21 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި އެމްޑީޕިއަށް ކުރިމަތިވި ބޮޑު ނާކާމިޔާބަށް ފަހު އެޕާޓީން ބޭއްވި ޤައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Apr 2025
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކައުންސިލްގެ ކުރެހުމާ ނުލައި ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތް ހަދައިފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިންގ ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
22 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި
އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.