Advertisement

އަނޫޕަމާ ބީޖޭޕީއަށް ސޮއެކުރުން

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޑްރާމާ ކްއީން އަނޫޕަމާ ބީޖޭޕީއަށް ސޮއެކޮށްފި

ސްޓަރ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ، "އަނޫޕަމާ"ގައި ލީޑް އެކްޓްރެސްގެ ރޯލުކުޅޭ، ރުޕާލީ ގަންގްލީ (އަނޫޕަމާ) ބީޖޭޕީއަށް ސޮއެކޮށްފިއެވެ.

އިންޑިއާގެ އާއްމު އިންތިޚާބު ބޯމަތިވެފައި ވާއިރު، މިހާރު ވެރިކަންކުރާ ޕާޓީ، ބާރަތިޔާ ޖަންތާ ޕާޓީ، ބީޖޭޕީއަށް އަނޫޕަމާ ސޮއެކޮށްފައި ވަނީ އެޕާޓީގެ މައި އޮފީހުގައި ބުދަ ދުވަހުގައެވެ.

ބީޖޭޕީއާ ގުޅުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން، އަނޫޕަމާ ބުނީ، އޭނާ ބީޖޭޕީއާ ގުޅުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤައުމަށް ކޮށްދެއްވާ ޚިދުމަށްތައް ފެނި، އެޚިދުމަތްތައްކޮށްދިނުމުގައި އޭނާގެ ބައިވެރިވުންވެސް ދިނުމުގެ ގޮތުން ކަމަށެވެ.

އަނޫޕަމާގެ ގޮތުގައި ސްޓަރ ޕްލަސްގެ ބެލުންތެރިންގެ މެދުގައި މަޝްހޫރުވި އަނޫޕަމާއަކީ، ކުރިންވެސް އެހެން ޓީވީ ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އެހެން ނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ، އަނޫޕަމާގައި ކުޅެފައިވާ ވަފާތެރި ގެވެހި އަނތްބެއްގެ ރޯލުންނެވެ.

އަނޫޕަމާ ބީޖޭޕީއާ ގުޅުނު އިރު، ސްޓަރޕްލަސްގެ ކިޔޫންކީ ސާސް ބީ ކަބީ ބަހޫތީގައި، ގެވެހި އަނތްބެއްގެ ރޯލު ކުޅުނު، ސްމިތީ އިރާނީވެސް ވަނީ، 2003 ވަނަ އަހަރު ބީޖޭޕީއާ ގުޅި ސިޔާސީ މައިދާނަށް ނުކުމެފައެވެ. އޭނާއަކީ މިހާރު އިންޑިއާ ސަރުކާރުގެ ޔޫނިއަން ކެބިނެޓް މިނިސްޓަރެކެވެ.

ކޮމެންޓް
ތުއްރަވާސް
މީކީ ޑްރާމާ ކްއީނެއް ނޫން. ޚޮންމެ އެއްޗެކޭވެސް ލިޔެފާނެ
02 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.