Advertisement

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭނުން ކުރާ ހެލިކޮޕްޓަރު --

04 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުކުރު ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބާނެ: ފޮރިން މިނިސްޓްރީ

މިއަންނަ ހުކުރު ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީ މިކަން ހާމަކުރައްވާފައި ވަނީ، އިއްޔެ ދިއްލީގައި ބޭއްވި، އިންޑިޔާ އާއި ދިވެހިރާއްޖޭގެ އިސްފަރާތްތައް ހިމެނޭ ހައިލެވެލް ކޮމިޓީގެ ބައްދަލުވުމަށް ފަހު ނެރުނު ކުރު ބަޔާނުގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިޔަށްދާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއާ އިންޑިއާގެ ގުޅުން ބަދަހިކޮށް އަސްކަރީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާތައް ކޮށްފައިވާ ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަަޑައިގެންނެވި މައިގަނޑު އެއް ވަޢުދަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމެވެ. އެކަމަށް އެމަނިކުފާނު އެންމެ ފުރަތަމަ ދެއްވި ސުންގަނޑިއަކީ މާރިޗު 10 އެވެ. އެހެން ނަމަވެސް ދެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މަތީ ފެންވަރުގެ މަޝްވަރާތަކަށް ފަހުގައި ފަހުން އެއްބަސް ވެވުނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މެއި 10ގެ ކުރިން ފޭބުމަށެވެ.

އިންޑިއާގެ ޔުނީފޯމް އެޅި ސިފައިން ރާއްޖެއިން ބޭލި ނަމަވެސް އިންޑިއާ ސިފައިން ޤާއިމްވެ ތިބި މަޤާމުގައިތަކުގައި އިންޑިއާގެ އާއްމުން ބޭއްތިއްބުމަށް ދިވެހި ސަރުކާރުން އެއްބަސްވެ އިންޑިއާ ސިފައިން ތިބި މަޤާމުތަކަށް މިހާރު ދަނީ އިންޑިއާގެ އާއްމު ބައެއް މީހުން ގެނެސް ބައިތިއްބަމުންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބީ، ހދ. ހަނިމާދޫ، ލ. ކައްދޫ، ސ. ގަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
10 Apr 2025
ޚަބަރު
ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް މީހުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.
10 Apr 2025
ޚަބަރު
ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު ވިދާޅުވީ، ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
10 Apr 2025
ޚަބަރު
ޤާސިމްގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އަޅަނީ
މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ، މި އިމާރާތް އަޅައިދިނުމުގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. މިއީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.
10 Apr 2025
ޚަބަރު
ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހުނު މީހާ މަރުވެއްޖެ
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި އެމީހާ ދަންޖެހުނީ މި އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ރޭ 21:12 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެވަގުތުން ފެށިގެން އެމީހާއަށް ފަރުވާދެމުން އައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.