Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން -- ފޮޓޯ: މިހާރު

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޮޕަރޭޝަނެއް ފަށައިފި

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން، "އޮޕަރޭޝަން ކުރަނގި"ގެނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި ތިބި ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރުމަށް ހިންގާ މި އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު، ކ. ހިންމަފުށީގައެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވީ، މި އޮޕަރޭޝަނުގެ ބޭނުމަކީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓް ކުރުން ނޫންކަމަށާއި، މިވަގުތު އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ، މީހުން ދެނެގަތުމާއި އެމީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އިޙްސާން ވިދާޅުވީ، މިއޮޕަރޭޝަންގެ ފުރަތަމަ މަރުޙަލާގެ ބޭނުމަކީ، ރާއްޖޭގައި ތިބި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށްފެއްތުން ކަމަށެވެ. 

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން، ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމެއް ކުރީ ސަރުކާރުންވެސް ފެށިއެވެ. އެހެން ނަމަވެސް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް މިހާތަނަށް އެކަށިގެންވާ ޙައްލެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.