Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު --

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

ވަޢުދު ނުފުއްދޭކަން ފާހަގަވެގެން ފެނާއި ކަރަންޓް ބިލްތަކަށް އަލުން ލުއިދޭން ރައީސް އަންގަވައިފި

ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދުފުޅެއް ނަމަވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް އެކަން ނުދާކަމުގައި ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، އެކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އަންގަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައި މިވަނީ، ކަރަންޓާއި ފެންބިލްތައް ބޮޑުވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އެކަން ފުރިހަމަ ނުކުރެއްވޭ ކަމުގައި ނޫސްވެރިން ފާހަގަކުރުމުން އާދީއްތަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ސަރުކާރުން އެކަން ދިފާޢުވެސް ކުރިއެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ބަސްފުޅު އާއްމުންނަށާއި، ޔުޓިލިޓީޒް ރެގިއުލޭޓަރީ އޮތޯރިޓީއަށް ދޭހަވުމުގައި މަސައްލަތަކެއް ފާހަގަކުރެވިފައިވާކަން އެދުވަހުވެސް ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.

ރަމަޟާންމަހު ބޭނުންކުރާ ފެނާއި ކަރަންޓުގެ ބިލަށް ލުޔެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި އިރު، ޔުޓިލިޓީޒް ރެގިއުލޭޓަރީ އޮތޯރިޓީން ކުންފުނިތަކަށް އަންގާފައި ވަނީ، މާރިޗުމަހުގެ ކަރަންޓް ބިލުގައި އެޑިސްކައުންޓް ހިމެނުމަށެވެ. އެހެން ނަމަވެސް މާރިޗު މަހުގެ ބިލުގެ ތެރެއަށް ވަދެފައި ވަނީ ރަމަޟާން މަހުގެ 13 ދުވަހެވެ.

ކޮމެންޓް
އިއްބެ
ރައީސްއަންގަވަންއަނެކަކުނުކުރަން ދެންވެރިޔަކީކާކު ވެރިޔަކުނެތީތަ ދެންމިހެންކިޔަން 3 މަސްވާންދެންބިލުނުދައްކައިތިބެފައި 3މަހުގެބިލުގަނޑުކޮށްދައްކަންވީމައި ރައްޔިތުންނަށްވަރަށްލުއިވާނެ
03 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.