ޚަބަރު
ޚަބަރު
23 Apr 2024
ޚަބަރު
ޓައިވާނަށް މިރޭވެސް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
23 Apr 2024
ޚަބަރު
ހިޔާގެ 11 ވަނަ ޓަވަރުގެ 11 ވަނަ ބުރީގެ 11 ވަނަ އެޕާޓްމެންޓްގައި އަލިފާނުގެ ހާދިސާއެއް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، ހުޅުމާލޭ ހިޔާ ފްލެޓް 11-11-11 ގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއްކޮޓަރިއަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
22 Apr 2024
ޚަބަރު
ފެނިގެން ދިޔައީ ރައްޔިތުން ރައީސަށް ކުރާ އިތުބާރު: މިނިސްޓަރ ޝިޔާމް
އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓްގައެވެ. އެޕޯސްޓްގައި ޝިޔާމް ވަނީ އަބުދުއްރަހީމްއަށްވެސް ތައުރީފްކުރައްވައި، އަބްދުއްރަހީމްގެ ހިސާބު ބަރާބަރަށް ދިމާވާ ކަމުގައި ވިދާޅުވެފައެވެ.
22 Apr 2024
ޚަބަރު
ސަރުކާރަށް ލިބުނު އާދަޔާޚިލާފު ބޮޑު ކާމިޔާބީ، މިރޭ ކުލަގަދަކޮށް ފާހަގަކުރަނީ
ޕީއެންސީން ބުނީ، "ދިވެހީންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ"ގެ ނަމުގައި އެންމެހައި ދިވެހިރައްޔިތުންނަށް މަރުޙަބާ ދެންނެވުމަށާއި ޝުކުރު އަދާކުރުމަށް މިރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން، މިޖަލްސާ އޮންނާނީ، މިރޭގެ 8:30ގައި އާޓިފިޝަލް ބީޗުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި މިޖަލްސާގައި ބައިވެރިވުމަށް އާއްމުކޮށް އެންމެންނަށް އެޕާޓީން ވަނީ ދައުވަތު ފޮނުވާފައެވެ.
22 Apr 2024
ޚަބަރު
ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ހައްޤުތައް ކަށަވަރުމުގައި އެމްޑީޕީ ދެމި އޮންނާނެ: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން އެޕާޓީން ނެރެފައިވާ ބަޔާނުގައި، މިހެން ބުނެފައި ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، މަޖިލީހުގައި އެއްވެސް ނިންމުމެއް ނިންމޭނޭ އަޣުލަބިއްޔަތެއް ހޯދޭ ވަަރަށްވުރެ އެޕާޓީއަށް ކާމިޔާބު ކުރެވުނު ގޮނޑިތަކުގެ އަދަދު މާ މަދެވެ.
21 Apr 2024
ޚަބަރު
ބަލި ޤަބޫލުކޮށް އެމްޑީޕީން ޕީއެންސީއަށް މަރުޙަބާ ކިޔައިފި
އެކްސްގައި ފައްޔާޒު ކުރެއްވި ޓްވީޓުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކާމިޔާބު ހޯއްދެވި މެމްބަރުންނަށް މަރު ހަބާ ވިދާޅުވެފައެވެ. އަދި ޕީއެންސީ މި އިންތިޚާބުގައި ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕީއެންސީއަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
21 Apr 2024
ޚަބަރު
އިންތިހާބެއްގައި އަލަށް ހިންނަވަރުން އެމްޑީޕީއަށް މެޖޯރިޓީ ގެއްލިއްޖެ
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، ޕީއެންސީގެ ކެނޑިޑޭޓު މުޙައްމަދު އަބްދުއްރަޙްމާނެވެ. އެމްޑީޕީގެ ޓިކެޓުގައި މި ދާއިރާގައި ވާދަކުރައްވާފައިވަނީ، މިހާރު ވެސް އެ ދާއިރާގެ މެންބަރު، ޖީހާން މަޙްމޫދެވެ.
21 Apr 2024
ޚަބަރު
މަޖިލިސް އިންތިޚާބުގައި ވޯޓުލާފައި ވަނީ %72.9 މީހުން
ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މިއިންތިޚާބުގައި ވޯޓުލާފައި ވަނީ، 104،826 ފިރިހެނުންނާއި، 102،867 އަންހެނުންނާއި އެކު ޖުމުލަ، 207،693 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 72.96 އިންސައްތަ މީހުންނެވެ.
21 Apr 2024
ޚަބަރު
ވޯޓުލުން ނިމި ވޯޓު ގުނަން ފަށައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރު އިންތިޚާބު ކުރުމަށްޓަކައި، ވޯޓުލުން ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8:00 އިންފެށިގެން ހަވީރު 5:00އަށެވެ.
21 Apr 2024
ޚަބަރު
ހަވީރު 4 އާއި 5 އާއި ދެމެދު އެންމެ ގިނައިން ވޯޓުލާފައިވަނީ އަންހެނުން
އިލެކްޝަން ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން، ހަވީރު 4:00 އާއި 5:00 އާއި ދެމެދު އެންމެ ގިނައިން ވޯޓުލާން ނިކުމެފައިވަނީ އަންހެނުންނެވެ. އެގޮތުން، މި ވަގުތުގެ ތެރޭގައި 14،637 އަންހެނުން ވޯޓު ލާފާވާއިރު، ހަމަ ވި ވަގުތުގެ ތެރޭގައި 11،650 ފިރިހެނުން ވޯޓު ލާފައިވެއެވެ.
21 Apr 2024
ޚަބަރު
ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުނުލާ އެއް ލައްކައަށް ވުރެން ގިނަ މީހުން
ހަވީރު 4 ޖެހުމާއި ހަމައަށް ވޯޓު ނުލާ އެއް ލައްކައަށް ވުރެން ގިނަ މީހުން ތިބިކަމަށް، އިލެކްޝަންސް ކޮމިޝަނުގެ އަދާހަމަ މައުލޫމާތުން ހާމަކޮށްފިއެވެ.
21 Apr 2024
ޚަބަރު
ބަލި ގަބޫލުކޮށް، ކާށިދޫއިން ޖާބިރު ފައިބައިފިކަމަށް އަޑު ފެތުރިއްޖެ
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ، އަދި މިއަދު ރާއްޖޭގައި ކުރިޔަށްދާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، އަބްދުﷲ ޖާބިރު، އިންތިހާބުން ބަލިވިކަމަށް ގަބޫލު ކުރައްވާ، ރޭ ކާށިދޫއިން ފައިބައިފިކަމަށް އަޑުފެތުރިއްޖެއެވެ.
21 Apr 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް ޞާލިޙް ވޯޓު ދެއްވައިފި
މިއިންތިޚާބުގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާައިރާއަކުން 368 ކެނޑިޑޭޓުން ވާކުރެއެވެ. އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ.
21 Apr 2024
ޚަބަރު
ފުރަތަމަ ދެގަޑިއިރުގެ ތެރޭގައި 47000 މީހުން ވޯޓުލައިފި
ކޮމިޝަނުން ވިދާޅުވީ 10:00 އާއި ހަމައަށް، ޖުމުލަ 47،296 މީހުން ވޯޓުލާފައި ވާކަމަށެވެ. އެއީ 17885 އަންހެންނުނާއި، 29،411 ފިރިހެނުންނެވެ. އެހާތަނަށް ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 16 އިންސައްތަ މީހުންނެވެ.
21 Apr 2024
ޚަބަރު
މުޅިރާއްޖޭގައި މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ
20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާައިރާއަކުން 368 ކެނޑިޑޭޓުން ވާކުރެއެވެ. އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ.
21 Apr 2024
ޚަބަރު
ފުވާދު އެދިވަޑައިގަތީ ވޯޓުލާން ވަޑައިގަންނަވާއިރު ގަޑިހަމަތޯ ޗެކުކޮށްލައްވާފައި ވޯޓުލާން ވަޑަިއގެންނެވުަމަށް!
ފުވާދު ވިދާޅުވީ މައްސަލައެއް އުފެދެން ކޮމިޝަނުން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުންވެސް މިކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ފުވާދު ވިދާޅުވިއެވެ.