ޚަބަރު
13 Apr 2024
ޚަބަރު
މާލޭގައި ދުވަހަކު ފެންބޮޑު ނުވާވަރަށް ފެންބޮޑުވީ މިސަރުކާރުގެ އިހްމާލުން: އަކްރަމް
އެހެން ނަމަވެސް، ނަމަވެސް މިސަރުކާރުގެ ކޮންސްޓަރަކްޝަން މިނިސްޓްރީން ހިންގައި ނިންމޭނެ ޕްރޮޖެކްޓެއް ނެތުމުން މި ސަރުކާރުން އަމީނީމަގު ނިންމި ކަމަށްދައްކަންވެގެން އެ ހޮޅި ނާޅާ މަގުގެ މަސައްކަތް ނިންމާލުމަކީ، މިއަދު އެހާ ބޮޑަށް ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބުކަމުގައި އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ.
13 Apr 2024
ޚަބަރު
މަގުތަކުގައި ފެން ހިނދެންދެން ބަރު އުޅަނދު ނުދުއްވުމަށް އެދިއްޖެ
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އަންގާކަމަށެވެ.
13 Apr 2024
ޚަބަރު
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އެއޮތޯރިޓީން ވިދާޅުވީ، މާލެއަށް މިއަދު ކުރި ވިއްސާރައިގައި، މިހާތަނަށް، 85 ތަނަށް ފެންވަދެފައިވާ ކަމަށާއި އޭގެ ތެރެއިން 7 ތަނެއްގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ސިޓީކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފާއި ދިވެހިރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކު، ވެލިބަސްތާތައް ޖެހުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމުގައި އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
13 Apr 2024
ޚަބަރު
ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ ޕާޓިގެ ސިޔާސަތެއް ނޫން: ޕީޕީއެމް ޕީއެންސީ
އެއަމަލު ކުއްވެރިކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނަށް ރައްދުދީ، ޕީޕީއެމް ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް ބުނެ އެމްޑީޕީން ނެރެފައިވާ ބަޔާނަކީ، މުޅިން ހަޤީޤަތާއި ޚިލާފު ބަޔާނެއް ކަަމަށެވެ.
13 Apr 2024
ޚަބަރު
ވަޒީފާގެ ބިރުދައްކައި އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާތީ، އެކަން އެމްޑީޕީން ކުއްވެރިކޮށްފި
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގަ ސަރުކާރު މުވައްޒަފުން އެމީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުންދާ ކަމަށެވެ.
13 Apr 2024
ޚަބަރު
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ސިފައިން ނުކުމެ ފެން ހިއްކަންފަށައިފި
އެމްއެންޑީއެފުން ވިދާޅުވީ، ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން މިހާރު ދަނީ ކުރަމުން ކަމަށެވެ.
13 Apr 2024
ޚަބަރު
މުޅިރާއްޖެއަށް ވައިޓް އެލާޓް، ފ އިން އުތުރަށް ޔެލޯ އެލާޓް
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މުޅި ރާއްޖެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ފ. އަތޮޅުން ފެށިގެން ހއ. އަތޮޅާއި ދެމެދުގެ އަތޮޅުތަކާއި ރަށްތަކަށްވެސް ގުގުރުމާއި އެެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގައި މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
13 Apr 2024
ޚަބަރު
އުތުރުގެ އަތޮޅުތަކަށް މޫސުމް ގޯސްވެ ޔެލޯ އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުންފެށިގެން ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ. ޔެލޯއެލާޓް ނެރެފައި ވަނީ މިއަދުގެ 17:30 އާއި ހަމައަށެވެ.
13 Apr 2024
ޚަބަރު
ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވާހަކަ ދެއްކި މައްސަލަ ބަލާނެ: އިލެކްޝަންސް ކޮމިޝަންގެ ރައީސް
ރޭ ހިންނަވަރުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެކަމަށް ގޮވާލާފައި ވަނީ، ހިންނަވަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕޭނުގައި އިސްކޮށް މަސައްކަތް ކުރާ ހިންނަވަރު އަޅިވިލާގޭ، އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ވަޒީފާގެ ބިރު ދެއްކުމަށް ގޮވާލައި، ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގަިއ ދައުރުވަމުން އަންނައިރު، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވެ އެކަން ކޮމްޕްލަޔަންސް ބިއުރޯއަށް ހުށައެޅުއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވަނީ އެދިވަޑައިގެންފައެވެ.
13 Apr 2024
ޚަބަރު
ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ ސަރުކާރު މުވައްޒަފުން ވަޒީފާތަކުން ވަކިކުރަން ޕީއެންސީގެ މެމްބަރަކު ގޮވާލައިފި
ރޭ ހިންނަވަރުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެކަމަށް ގޮވާލާފައި ވަނީ، ހިންނަވަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕޭނުގައި އިސްކޮށް މަސައްކަތް ކުރާ ހިންނަވަރު އަޅިވިލާގޭ، އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު)އެވެ.
13 Apr 2024
ޚަބަރު
ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން މި ސަރުކާރުން ހަދަނީ ބުހުތާނު ދޮގު: ރައީސް ޞޯލިހް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކޯވިޑް-19ގެ ދަތިހާލަތު ނިމިގެން ދިޔައިރު، ރައީސް ޔާމީނުގެ ސަރުކާރުގައި ނަގާފައިވާ ލޯނަށް 2022 ވަނަ އަހަރު 250 މިލިއަން ޑޮލަރު ދައްކަން ޖެހިފައި އޮތް ކަމަށެވެ.
13 Apr 2024
ޚަބަރު
ރައީސް ޔާމީނުގެ ޝަރީއަތް ހުއްޓިފައި އޮތީ، ސަރުކާރުގެ ނުފޫޒުންކަމުގައި ތުހުމަތުކޮށްފި
އަސްލަމް ވިދާޅުވީ، ރައީސް ޔާމީނުގެ ޝަރީޢަތުގެ ހުރިހާ އަޑުއެހުންތަކެއް ޑިސެމްބަރު މަހުގައި ނިމި މިހާރު އޮތީ ހުކުމް ކުރުމުގެ މަރުޙަލާގައި ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ހަތަރު މަސްދުވަސް ވެގެން ދާއިރު، އަދިވެސް އެމައްސަލައިގެ ޙުކުމް ނުކުރާކަން އަސްލަމް ފާހަގަކުރެއްވިއެވެ.
12 Apr 2024
ޚަބަރު
ޚިޔާލު ތަފާތުވާ ބަޔަކު ތިބެގެން ތަރައްޤީއެއް ނުގެނެވޭނެ: ރައީސް ޑރ. މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ނުގޮސްގެން އުޅެނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނެތުމުން ކަމަށެވެ. އެހެންވެ މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރަށް ތަރައްޤީގެ މަޝްރޫއުތައް ނުހިންގޭނެ ކަމަށާއި އެހެންކަމުން، ޗޮއިސް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
12 Apr 2024
ޚަބަރު
އިބްރާހީމް ރަޝީދަކީ އިޚްލާސްތެރި ޚިދުމަތްތެރިއެއް: ރައީސް ޞާލިޙް
ރައީސް ޞާލިޙް އެމަނިކުފާނުގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަކީ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށް ފެށި ދަތުރުގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި އެއީ އެމްޑީޕީ އަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވި އިހްލާސްތެރި ހިދުމަތްތެރިއެއް ކަމަށާއި ޕާޓީ އުފެދިގެން އައި އިރު ޕާޓީގެ ޕޯޑިއަމްއަށް ވަރަށް ފަރިތަ މޫނެއްކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
12 Apr 2024
ޚަބަރު
އެމްޑީޕީއާއެކު އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި ހޯރަ އިއްބެ ނިޔާވެއްޖެ
އާއިލާ އާއި ރައްޓެހިންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުހޯރަ އިއްބެ ނިޔާވީ މިއަދު ހާޓްއެޓޭކެއް ޖެހި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރުކުރީގައެވެ.
12 Apr 2024
ޚަބަރު
މިސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑު ފުނޑުކޮށްލާނެ ކަމުގެ ކުލަ ވަރަށް ސާފުކޮށް އެބަފެނޭ- ފައްޔާޒް
އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތެރެއިން، ރޭ ފޭދޫގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިސަރުކާރުން ވަނީ އެޓޯލް މިނިސްޓްރީ އެއް އުފައްދާފައި ކަމަށާއި، އަދި އެމިނިސްޓްރީ އުފައްދަވައި މާގިނަ ދުވަސްތަކެއް ނުވެ އެމިނިސްޓްރީގެ ދަށަށް ޔޫތު ސެންޓަރުތައް ގެންދަން ފަށާފައިވާ ކަމަށެވެ.