Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު --

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވާހަކަ ދެއްކި މައްސަލަ ބަލާނެ: އިލެކްޝަންސް ކޮމިޝަންގެ ރައީސް

ހިންނަވަރުގައި ޕީއެންސީން ބޭއްވި ޖަލްސާގައި, ވަރަށް ފާޅުގައި ވަޒީފާގެ ބިރުދައްކައި، ރިޝްވަތާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށް ގޮވާލާފައިވާއިރު، ކޮމިޝަނަށް މައްސަލަ ލިބުމާއެކު އެކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކޮމިޝަނުން އަޅަމުން ގެންދާނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ރޭ ހިންނަވަރުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެކަމަށް ގޮވާލާފައި ވަނީ، ހިންނަވަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕޭނުގައި އިސްކޮށް މަސައްކަތް ކުރާ ހިންނަވަރު އަޅިވިލާގޭ، އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ވަޒީފާގެ ބިރު ދެއްކުމަށް ގޮވާލައި، ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގަިއ ދައުރުވަމުން އަންނައިރު، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވެ އެކަން ކޮމްޕްލަޔަންސް ބިއުރޯއަށް ހުށައެޅުއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވަނީ އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުާދު ތައުފީޤު ނޫން.އެމްވީއަށް ވިދާޅުވީ، އެމައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލާނެ ކަމަށާއި، ކޮމިޝަންގެ ލީގަލް ޓީމާއި، ކޮމިޝަންގެ މެމްބަރު އެފަދަ ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ދޫކޮށް ނުލާނެ ކަމަށެވެ.

ފުވާދު ވިދާޅުވީ، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތަކީ ޤާނޫނީ ކުށެއް ކަމަށާއި، އެހެން ކަމުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަތައް ފޮނުވައި އެފަދަ ފަރާތްތަކާއި ދެކޮޅަށް ޝަރުޢީ ކޯޓުތަކުގައި ދަޢުވާ ކުރެވޭނެ ކަމަށެވެ.

ފުވާދު ވިދާޅުވީ، ކެންޑިޑޭޓަކު އެފަދަ އަމަލެއް ކޮށްފިނަމަ، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި، އެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާޠިލްކުރުމުގެ އިޙްތިޔާރާއި ބާރުވެސް އިލެކްޝަންސް ކޮމިޝަނަށް ލިބުގެންވާކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މަޖިލިސް އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދުމަށް ދައުލަތުގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުން ކުރުމާއި، ވަޒީފާގެ ބިރު ދެއްކުންފަދަ ކަންކަން ވަނީ އިތުރުވެގެން ގޮސްފައި ކަމުގައި ހުރިހާ ފަރާތްތަކަކުންވެސް ފާހަގަ ކުރެއެވެ.

ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކު ޕީއެންސީއަށް ސޮއެކުރި އިރު އެމެމްބަރުން އެޕާޓީއަށް ގެންދިޔައީވެސް ނާޖާއިޒު މަންފާތަކާއި ފައިސާ ހުށައަޅައިގެން ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.