ޚަބަރު
ޚަބަރު
16 Apr 2024
ޚަބަރު
ޖަޒީރާގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ގުރޫޕާއި ގުޅުން ހުރި މައްސަލައެއްގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މިހުސްވި މާރިޗު މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. އަދި ފުރަތަމަ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ޖަހައިދިން ބަންދު 15 ދުވަސް ހަމަވުމުން އިތުރު 15 ދުވަސް ކޯޓުންދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
15 Apr 2024
ޚަބަރު
ބިރުދެއްކުމާއި އޮޅުވާލުމަކީ، މިސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސް ޞާލިޙް ވިދާޅުވެއްޖެ
މިގޮތުން ޕީއެންސީގެ މެމްބަރަކު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ގޮވައިލި ގޮވާލުމާއި، ދިއްދޫގައި ޕީއެންސީގެ މެމްބަރުންގެ ގެތަކަށް އެކަނި ކަރަންޓް ދިނުމަށް އެޕާޓީގެ މެމްބަރުން ގޮވައިލި ގޮވާލެއްވުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Apr 2024
ޚަބަރު
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަަލަ ހައްލުކޮށްފި
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ މިރޭ ވިދާޅުވީ، އެ ކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި ކަމަށެވެ.
15 Apr 2024
ޚަބަރު
ކޯޓު ހުރުމަތް ކެނޑުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: މިނިސްޓަރ އިޙްސާން
ނޫންޑޮޓްއެމްވީ އާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ އެފަދަ މައްސަލައެއް ބަލާކަން ކޯޓުން މިހާތަނަށް އަންގާފައި ނުވާކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެޚަބަރުތައް ފެނިވަޑައިގެންނެވީ މީޑިއާއިން ކަމަށާއި އެހެން ކަމުން އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ނެތްކަމަށެވެ.
15 Apr 2024
ޚަބަރު
ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރު ފަންނީ ޓީމެއް ފޮނުވައިފި
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، ސްޓެލްކޯގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށް ދެއްވޭނެ ކަަމަށެވެ.
15 Apr 2024
ޚަބަރު
އެންޑި ކެމްޕެއިން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
އެކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިންގެ އަމަލުތައް ފެންނަމުންދާ އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުން ކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަށް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާކަންވެސް ފާހަގަކުރެވިފައި ވާކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
15 Apr 2024
ޚަބަރު
ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންގެ މައްޗަށް ކޯޓު ހުރުމަތް ކެނޑުމުގެ މައްސައްލައެއް ހިންގަނީ
މިގޮތުން ކްރިމިނަލްކޯޓުން މީޑިއާތަކަށް ބުނެފައި ވަނީ އެފަދަ މައްސަލައެއް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނުވެެއެވެ.
15 Apr 2024
ޚަބަރު
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަނުކުރައްވައިފި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. އަދި ހުވައިކުރުމަށްފަހުގައި އެމެމްބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
15 Apr 2024
ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޙަސަން ޒަކަރިއްޔާ ޢައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙަސަން ޒަކަރިއްޔާ، ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
15 Apr 2024
ޚަބަރު
ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވަޒީފާގެ ބިރުދައްކަމުންދާތީ ހިނގާތީ އެޗްއާރްސީއެމުން ކަންބޮޑުވެއްޖެ
އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ވޯޓަށް ނުފޫޒް ފޯރުވުމަށް ވަޒީފާ ދިނުމާއި، އަދި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ އިންތިޚާބަށް ނުފޫޒް ފޯރުވުމުގެ އަމަލުތައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެކޮމިޝަނަށް ލިބެމުން ދަނީ، މީޑިޔާތަކުންނާއި މީސްމީޑިއާއިން ކަމަށެވެ. އަދި އެކަން ކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި، އެކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ގޮވާލާކަމުގައި، އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
15 Apr 2024
ޚަބަރު
އަސާސީ ޚިދުމަތްތައް ހަމައެކަނި ޕީއެންސީގެ މެމްބަރުންނަށް ދިނުމަށް ގޮވާލުން ކުއްވެރިކުރާ ކަމަށް އެޕާޓީން ބުނެފި
ޕީއެންސީގެ ބަޔާނުގައި ބުނެފައި ވަނީ، ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރަޝީދު "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް" ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
15 Apr 2024
ޚަބަރު
އަސާސީ ޚިދުމަތްތަށްވެސް ސަރުކާރަށް ވޯޓު ހޯދުމުގެ ހަތިޔާރަކަށް ހަދަން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާއަށް ޕީޕިއެމް ޕިއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ކެމްޕޭން އެއްވުމެއްގައި، މިސަރުކާރުން، ދިއްދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖައްސާފައިވާ، ޢަބްދުއްﷲ ރަޝީދު ވަނީ، ދިއްދޫގައި، ކަރަންޓްދޭންވީ، ހަމައެކަނި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ގެތަކަށް އެކަނި ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
15 Apr 2024
ޚަބަރު
ޓީޖީއެސްޓީއިން ބައެއް ކައުންސިލްތަކަށް ދޭން ރައީސް ޑރ މުއިއްޒު ވަޢުދުވި އިރު އެއީ މިހާރުވެސް ކުރަމުން އަންނަ ކަމެއް: ރައީސް ޞާލިޙް
ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ކަނޑައަޅައި ތަންފީޒް ކުރަންފެށި ސިޔާސަތަކީ، ދައުލަތުގެ މުޅި ބަޖެޓުގެ އެއް ޕަސެންޓް ކައުންސިލްތަކަށް ދިނުން ކަމަށެވެ. އޭގެ އިތުރަށް ރަށްރަށުން ބިމު ކުލީގެ ގޮތުގައި ލިބޭ ފައިސާގެ %40 ކައުންސިލްތަަކަށް ދިނުމަށް ނިންމައި އަމަލުކުރަމުން ގޮސްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޖުމުލަ އާމްދަނީގެ ތެރޭގައި ހުރިހާ ޓެކްސްއެއްވެސް ހިމެނޭނެ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
14 Apr 2024
ޚަބަރު
އީރާނުން އިޒްރޭލަށް ދިން ރައްދު ހަމަލާތަކަށް ތާއީދު ކުރައްވާކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެ
ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރާއީލުން ހަމަލާދިނުމާއި ގުޅިގެން، އެކަމުގެ ބަދަލު ހިފުމުގެ ހަމަލާތައް ދޭނެ ކަމުގައި އީރާނުން ވަނީ ބުނެފައެވެ. މިގޮތުން ބަދަލު ހިފުމުގެ ގޮތުން އީރާނުން، ފިދާއީ ޑްރޯންތަކާއި ބެލެސްޓިކް މިސައިލުން ފޮނުވާލި ހަމަލާތައް އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް އަމާޒުވިއެވެ. އެހެން ނަމަވެސް ހަމަލާގެ 99 ނާކާމިޔާބު ކޮށްލެވުނު ކަމުގައި އިޒްރޭލުން ވަނީ ބުނެފައެވެ.
14 Apr 2024
ޚަބަރު
އިއްޔެގެ ވިއްސާރައިގައި 132 ތަނަކަށް ފެންވަތް ކަމަށް ރިޕޯޓްކޮފައިވޭ: އެންޑީއެމްއޭ
އެންޑީއެމްއޭއިން ވިދާޅުވީ، ރިޕޯޓް ކުރި 132 ތަނުގެ ތެރެއިން 122 ތަނަކަށް ޒިޔާރަތްކޮށް ހާލަތު ބެލިފައިވާ ކަމަށެވެ. އަދި ފެންވަން ނަމުން ދިޔަ 104 ތަނެއްގައި ވެލި ބަސްތާތައް ޖަހައިދެވުނު ކަމުގައިެވސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
14 Apr 2024
ޚަބަރު
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ފ. މަގޫދޫއަށް ވަޑައިގެންފައެވެ.