Advertisement

ޑރ. ލީ ޖުހޮންގ --

16 Apr 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ލަކުޑި ދެގޮނޑީގެ އެހީގައި ބަލިމީހުންނަށް ޚިދުމަތްދޭން ހިނގާ ހިއްވަރު ގަދަ ޑޮކްޓަރެއް!

ދުނިޔެއިން އަހަރެމެންނަށް ފެންނަ ބައެއް މީހުންނަކީ، އެފަދަ ދެވަނަ މިސާލެއް ނުވާފަދަ ހިއްވަރުގަދަ މީހުންނެވެ. ޙަޔާތާއި ދިރިއުޅުމުގައި ދިމާވާ ކަންކަމާއިމެދު ފަހި ވިސްނުމުން ނިންމައި، ކާމިޔާބަށް ވާސިލްވި މީހުންގެ ތެރޭފައި ހިމެނޭ މިފަދަ އެކަކީ، ޗައިނާގެ ރަށްފުށު ސަރަހައްދެއް ކަމުގައިވާ ވާދިއަން ވިލެޖަށް އުފަން ލީ ޖުހޮންގއެވެ.

މިހާރު އުމުރުން 45 އަހަރުވެފައިވާ ލީ ޖުއޮންގ އަކީ އާދަޔާޚިލާފް ޑޮކްޓަރެކެވެ. އޭނާގެ ސާބިތު ކޮށްދިނީ އޭނާގެ ނުކުޅެދުންތެރިކަމަކީ އޭނާ ދުށް ހުވަފެންތައް ހަޤީޤަތަށް ހެދުމަށާއި، އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް އޮތް ހުރަހެއް ނޫންކަމެވެ.

އުމުރުން އެންމެ 4 އަހަރުގައި މަގުމަތީގެ އެކްސިޑެންޓެއްގައި ލީގެ ދެފައި ބުރިވެ މުޅި އުމުރަށް ނުކުޅެދޭ މީހަކަށް އޭނާ ވިއެވެ. 1983 ވަނަ އަހަރު ފައިގެ ފަލަމަސްގަނޑާއި ހަމައިން ދެފައި ބުރިކޮށްލަން ޖެހުމުން ތާއަބަދަށް އޭނާއަށް ދެފައިމައްޗަށް ހިނގާ ބިނގާވެ އުޅުމުން މަހުރޫމްވާން ޖެހުނެވެ. އެހެން ނަމަވެސް ދެއަތުން ދެ ލަކުޑި ގޮނޑީގައި ހިފައިގެން އޭނާ ހިނގަން ދަސްކުރީ އުމުރުން 8 އަހަރުގައެެވެ.

އެވޭނާއި ތަދުތައް އިހްސާސްކުރަން ޖެހުނު ލީ އެންމެ ކުޑައިރުވެސް ދުށް ހުވަފެނަކީ ޑޮކްޓަރަކަށްވުމުގެ ހުވަފެނެވެ. އޭނާގެ ޅަފަތާއި ފުރާވަރު އުމުރުގައި އުފުލި ވޭނާ ތަދުތަކާއި އެކު އޭނާގެ އަމާޒަކަށްވީ އެހެން މީހުންގެ ބުަރަތަކަށް ލުޔެއް ހޯދައި ދޭނެ މީހެއްކަމުގައި ވުމަށެވެ.

ލީ ވަނީ މެޑިސިންގެ ދާއިރާއި ފުރަތަމަ ޑިގްރީ ހާސިލްކޮށްފައެވެ. 2000 ވަނަ އަހަރު އޭނާ ގުރެޖުއޭޓް ވުމުން އޭނާގެ އަވަށުގެ ވިލެޖް ކުލިނިކްގެ ޑޮކްޓަރެއްގެ މަޤާމު ސަރުކާރުންވަނީ އޭނާއަށް ދިނެވެ. ޑޮކްޓަރަކަށް ވުމަށް ފަހުގައި ލީ ކައިވެނި ކުރީ ޗިންގ ނަމަކަށްކިޔާ ލީގެ އަވަށުގައި ދިރިއުޅޭ ޒުވާނަކާއެވެ.

ލީ ފާހަގަކުރާ ގޮތުގައި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިއަކީ ފިރިމީހާއެވެ. ކުރިން ވަޒީފާ ދޫކޮށްލުމަށް ފަހު ޗިންގ މަސައްކަތް ކުރަމުންދަނީ، މީހުންނަށް ފަރުވާ ދިނުމަށް ލީ ތަންތަނަށް ދަތުރު ކުރުމުގައި އެހީތެރިވެދިނުމަށެވެ. މިގޮތުން ލީއަށް އަމިއްލައަށް ނުދެވޭ ތަންތަނަށް ލީ އުފުލައިގެން ގެންގޮސްދެނީ ޗިންގއެވެ.

ލީ ބުނެފައިވާ ގޮތުގައި ދެ އަވަށެއްގެ 2000 ވުރެ ގިނަ މީހުންނަށް ޚިދުމަތްދޭން ހުރި ޑޮކްޓަރަކީ އޭނާއެވެ. ވިލެޖް ޑޮކްޓަރުންނަކީ، ޑިއުޓީއެއް ނެތި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށާއި، ބައެއް މީހުން ހެނދުނު 6 ޖަހާއިރު ނުވަތަ 7 ޖަހާއިރުވެސް ކުލިނިކަށް ޑޮކްޓަރަށް ދައްކަން އަތުވެދާނެކަން ލީ ފާހަގަކުރިއެވެ.

ބަލި މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި ލީ އަވަށުގައި ދަތުރުކުރަނީ ފުރޮޅުލީ ގޮނޑީގަޔާއި ޓްރައިސިކަލްގައިއެެވެ.

ލީގެ ހިއްވަރުގަދަކަމާއި އޭނާގެ ޚިދުމަތްދިނުމުގައި ބަހައްޓާ ގާތްކަމާއި އެކު ދެއަވަށުގެ އެންމެންގެ ލޯތްބާއި އިހްތިރާމް އޭނާއަށް ލިބިފައިވެއެވެ. ޙާއްޞަ ދުވަސްތަކާއި މުނާސަބާގައި އަވަށުގެ މީހުން ލީއަށް ހަދިޔާވެސް ފޮނުވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.