Advertisement

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢަލީ އިހްސާން --

15 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ކޯޓު ހުރުމަތް ކެނޑުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: މިނިސްޓަރ އިޙްސާން

ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި، ފުލުހުންގެ އިސް އޮފިސަރުންތަކެއް ކޯޓު ހުރުމަތް ކެނޑިކަމަށް ބަލައި ފިޔަވަޅު އަޅަން އުޅޭ ކަމުގެ ޚަބަރުތަކެއް އިވިވަޑައިގެންނެވީ މީޑިއާއިން ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ނޫންޑޮޓްއެމްވީ އާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ އެފަދަ މައްސަލައެއް ބަލާކަން ކޯޓުން މިހާތަނަށް އަންގާފައި ނުވާކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެޚަބަރުތައް ފެނިވަޑައިގެންނެވީ މީޑިއާއިން ކަމަށާއި އެހެން ކަމުން އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ނެތްކަމަށެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، އެމަނިކުފާނާއި، ފުލުހުންވެސް މީޑިއާ އަށާއި ރައްޔިތުންނަށް ހާމަކޮށްދެއްވާފައި ވަނީ، މައްސަލަތަކުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި، ކުށްކުރާ މީހުންނަށް ހައްޤު އަދަބު ދިނުމަށް ކުރެވޭ ބުރަ މަސައްކަތްތައް ކަމަށެވެ. އަދި ކޯޓުގެ ޙުކުމްތަކާއި ކޯޓުގެ ނިންމުންތަކަށް ފާޑުކިޔުމަކީ، ސަރުކާރާއި ފުލުހުންގެ މުއައްސަސާއިންވެސް ކުރާނެ ކަމެއް ނޫންކަމަށާއި، އަދި ހަމައެގޮތަށް ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ތަޙްޤީޤުތައް ހިނގައިގޮސްފައިވާ ގޮތުގެ ސާފު މައުލޫމާތު ލިބުމަކީ މީޑިއާތަކަށާއި ރައްޔިތުންނަށްވެސް އޮތް ޙައްޤެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުން އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައަޅައިގެން ބަލަން ނިންމާފައި ވަނީ، 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްކޮންފަރެންސްގައި ހޯމްމިނިސްޓަރާއި ފުލުހުންގެ އިސް އޮފިސަރުން ދެއްކެވި ވާހަކަފުޅުތަކުގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައިގެން ބަލަން ނިންމާފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ކްރިމިނަލްކޯޓުންވެސް ހިއްޞާކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.