ޚަބަރު
ޚަބަރު
11 Apr 2024
ޚަބަރު
މަޖިލިސް ކެމްޕޭނަށް ރައީސް މުއިއްޒު، ހައްދުންމައްޗާއި އައްޑުއަށް!
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ހާމަކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ރަސްމީ ދަތުރުފުޅެކެވެ. އެހެން ނަމަވެސް މިދަތުރުފުޅުގައި އެމަނިކުފާނު ކުރައްވާނެ ރަސްމީ ކަންކަމުގެ ގޮތުގައި، އެއޮފީހުން ފާހަގަކުރައްވާފައި ވަނީ، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން ކަމަށެވެ.
11 Apr 2024
ޚަބަރު
ދެ އަހަރެއްހާ ދުވަހުން ބްލެކްމާކެޓުގައި ޑޮލަރު ވިއްކާ ރޭޓު 15.42 އަށް ގެނެވޭނެ: މިނިސްޓަރ ސައީދު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ކަޅުބާޒާރުގައި އެމެރިކާ ޑޮލަރު ވިއްކާ އަގު 15.42ރ. އަށް ތިރިކުރެވޭނެ ކަމަށާއި، އެކަން ކުރައްވަން އެނގިވަޑައިގަންނަވާކަމަށް، މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް، އަލްފާޟިލް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހައްދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
11 Apr 2024
ޚަބަރު
ޣިޔާޘުއްދީންގައި ހިނގިކަންކަން އެނގިވަޑައި ނުގަންނަވާ ކަމުގައި ވިދާޅުވުމަކީ، ނާޤާބިލްކަން: ފައްޔާޒު
ފައްޔާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ދޭހަ ވަނީ ރައްޔިތުންނަކީ އެއްވެސް ބަައެއް ނޫންކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަން ކަމަށެވެ. އަދި މިފެންނަނީ ރައްޔިތުންނަކީ އެއްވެސް ބައެއް ކަމަށް ނުބަލައި ތިމާމެންގެ ވެރިކަމުގެ ބާރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކައްކުރައްވާ މަންޒަރުކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.
11 Apr 2024
ޚަބަރު
ފައިސާ ނެތް ވާހަކަދައްކާފައި، އެތައް ސަތޭކަ ބަޔަކަށް ދަނީ ވަޒީފާ ދެމުން: ރައީސް ޞާލިޙް
މިސްރާބު ހަމަމަގަށް، އެމްޑީޕީގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ފުވައްމުލަކުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ، މަޖިލިސް އިންތިޚާބު ކުރިމަތިވަމުން އަންނަ މިވަގުތުގައި ސަރުކާރުން އެތައް ސަތޭކަ ބަޔަކަށް ސިޔާސީ މަޤާމުތަކާއި ވަޒީފާތައް ދެމުން އަންނަކަން ފާހަގަކުރައްވާފައެވެ.
10 Apr 2024
ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ވަޑައިގެންފި
އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ، މ. ރަބީޢުވިލާގައި މިރޭގެ 8:30 ހާއިރުގައެވެ. އަލިފާން ރޯވީ އެ ގޭގެ 4 ވަނަ ފަންގިފިލާގައި ކަމަށާއި، އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައި، އެމްްއެންޑީއެފުން ވަނީ، މިރޭގެ 9:07ގައި ބުނެފައެވެ.
10 Apr 2024
ޚަބަރު
ދަތުރުގޮސް އުޅެނިކޮށް މަރުވި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި
ކުއްޖާ މޫދުތެރޭގައި ބަންޑުން ގިނައިރު އޮވެ އަދި ކައީރީގައި އޮތް އާނުގަނޑު މައްޗަށް ލައްވުމުން، އެމީހުންނާއި އެކު ދަތުރުގޮސް އުޅު މީހަކަށް ފެނިގެން ބެލި އިރު އެކުއްޖާއަށް އޮތީ ފިޓުޖެހިފައި ކަމަށްވެސް ދަތުރު ދިޔަ މީހުން ބުނެފައިވެއެވެ.
10 Apr 2024
ޚަބަރު
މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ މ. ރަބީޢުވިލާގ 4 ވަނަ ފަންގިފިލާގައި ކަމަށާއި، މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. މިއަލިފާނުގެ ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނެތެވެ.
10 Apr 2024
ޚަބަރު
ވިލުފުށި ކައިރީގައި އޮތް ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ކުއްޖަކު މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދަތުރުގޮސް އުޅުނު ކުއްޖަކު ގެނބިގެން ވިލުފުށީ ހެލްތު ސެންޓަރަށް ގެންދާކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު، 12:45ގައި ކަަމަށެވެ. އަދި އެކުއްޖާ ވިލުފުށީ ސިއްޙިމަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޞިއްޙީމަރުކަޒުން އެކުއްޖާ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ވިދާޅުވެފައި ވެއެވެ.
10 Apr 2024
ޚަބަރު
ޕީއެންއެފް ޖަލްސާއަށް ސަރުކާރުން ހުރަސްއެޅުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އެކަމާއި ގުޅޭ ގޮތުން އެމްޑީޕީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވަން އޮތް ތަނަށް ފުލުހުން ފޮނުވައި ޕެޕާ ސްޕްރޭ ޖަހައި ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވުމަކީ އެޕާޓީން އެކަމާއި މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ.
10 Apr 2024
ޚަބަރު
މާލެ އާ އަތޮޅުތަކުގައި ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދުކޮށްފި
ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ، ހުޅުމާލެ ސިންތެޓިކް ޓްރެކްގަޔާއި، ހުޅުމާލެ ފޭސް-2 ގެ ހުސްބިމުގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ ވިލިމާލެ ފުޓުބޯޅަ ދަނޑުގައެވެ.
10 Apr 2024
ޚަބަރު
ޣިޔާޘުއްދީން ސްކޫލުގައި ޖަލްސާ ބޭއްވިޔަ ނުދިނުމުން ރާޅުގަނޑުގައި ޖަލްސާ ބާއްވައި ޕާޓީ އުފެއްދުމުގެ ކަންކަން ފުރިހަމަކޮށްފި
ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި ވަނީ އެޕާޓީގެ ވަގުތީ ރައީސްގެ މަޤާމަށް ޒެއިން ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް އެޕާޓީގެ ވަގުތީ ރައީސްގެ މަޤާމަށް ޢައްޔަނުކޮށްފައެވެ. ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ވަޒީރު މުހައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ޖަލްސާގައި ފުރިހަމަކުރަންޖެހޭ ކަންކަން ކުރެވިފައިވާ ކަމަށާއި، އެޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ އޮބްޒަވަރުންވެސް ބައިވެރިވި ކަމަށެވެ.
10 Apr 2024
ޚަބަރު
ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ދެމީހަކަށް އަނިޔާވެއްޖެ
ފުުލުހުންގެ އިދާރާއިން ވިދާޅުވީ މިއެކްސިޑެންޓް ހިނގާަފައި ވަނީ، ހުޅުމާލެ ކައިރީގައި އޮންނަ ބަނާނާ ރީފާއި ގާތުގައި ކަމަށެވެ. މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަކީ، ޑިންގީގައި ތިބި ދެމީހުން ކަމަށާއި އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
10 Apr 2024
ޚަބަރު
ޤާނޫނީ ހަމަތަކުގެ މަތިން ހިންގާ ސިޔާސީ ހަރަކާތަށް ހުރަހެއް ނާޅާނަން: ސަރުކާރު
އެބަޔާނުގައި، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފައި ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.
10 Apr 2024
ޚަބަރު
ރައީސް މައުމޫނާއި އީދު ސަލާމް ކުރެއްވުމުގެ ފުރުޞަތު
ރައީސް މައުމޫނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢީދު ސަލާމް ކޮށްލެއްވުމަށާއި އެމަނިކުފާނާއި ބައްދަލުކޮށްލެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އީދު ދުވަހު ވަގުތުކޮޅެއް ހުސްކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން އެމަނިކުފާނާއި އީދު ސަލާމް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ހެނދުނު 9:30 އިން 11:00އަށް އެންދެރިމާގޭގައި ބައްދަލު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
09 Apr 2024
ޚަބަރު
އީދު އަލިން ވެލާނާ އެއާޕޯޓު ދިއްލާލައިފި
އެމްއޭސީއެލުން ވަނީ، އެއާޕޯޓުގެ ހާބަރާއި މަގުތަކުގައި އީދާއި ގުޅޭ ޑިޒައިންތަކުގެ ބޮކިތަކާއި ގިޑިގެތައް ހަރުކޮށް ދިއްލާފައެވެ.
09 Apr 2024
ޚަބަރު
ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި ހުއްޓުވައިފި
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މީޑިއާތަށް ވިދާޅުވީ، ފުލުހުން ޣިޔާސުއްދީން ސްކޫލުގައި ހަރަކާތްތެރިވަމުން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިގެން ކަމަށެވެ. އަދި އެޖަލްސާ އެ ސްކޫލުގައި ރައްކާތެރިކަން ޤާއިމްކޮށްދިނުމަށް އެސްކޫލު ހިންގާ ކުންފުނިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެދިފައިވާ ކަމުގައިވެސް ޝިފާން ވިދާޅުވިއެވެ.