Advertisement

ގާދޫގައި އިންޓަރގްރޭޓެޑް މެރިޓައިމް ހަބެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއެކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

11 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ކައްދޫ އެއާޕޯޓު ތަރައްޤީކުރުމާއި، ގާދޫގައި މެރިޓައިމް ހަބެއް ޤާއިމްކުރަން ޗައިނާއަށް

ދިވެހި ސިފައިންގެ އަސްކަރީ ވައިގެ ބަނދަރު، އިސްކަންދަރު ވައިގެ ބަނދަރުގެ ގޮތުގައި ހަދާފައިވާ ކައްދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރުމާއި، މިހާރު ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ. ލ. ގާދޫގައި އިންޓަރގްރޭޓެޑް މެރިޓައިމް ހަބެއް ޤާއިމްކުރުމަށް ޗައިނާގެ ކުންފުންޏަކަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ)އަށެވެ. މިއެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. 

މިރަސްމިއްޔާތުގައި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، އެމަސައްކަތް ހަވާލުކުރި ކުންފުންޏަކީ، ޗައިނާގެ ވަރަށް ބޮޑު ކުންފުންޏެއް ކަމަށެވެ. އަދި އެކުންފުނީ ސަބްސިޑިއަރީ 9 ކުންފުނި ހިންގަމުންދާ ކަމަށާއި، އެކުންފުނީގެ 70 ވުރެ ގިނަ ބްރާންޗު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ކަމަށެވެ. އަދި މިމަޝްރޫޢުތަކަކީ އެކުންފުންޏާއި ގުޅިގެން ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދެވޭނެ މަޝްރޫޢެއް ކަމަށެވެ.

ވަޖީހު ވިދާޅުވީ، ގާދޫގައި ތަރައްޤީކުރެވޭ، އިންޓަރގްރޭޓެޑް މެރިޓައިމް ހަބުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެތަނުގައި ޤާއިމްކުރެވޭ ޕޯޓާއި، ޔޮޓުމެރީނާއާ ބަންކަރިންގެ ޚިދުމަތާއި އީކޯ ޓޫރިިޒަމްގެ ރިޒޯޓު ޕްރޮމޯޓް ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމުގައި ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ، މި 5 އަހަރުގެ ތެރޭގައި އެ މަޝްރޫޢު ހިންގައި ނިންމާނެ ކަމަށެވެ.

ކައްދޫ އެއާޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކުރުން -- ފޮޓޯ ރައީސް އޮފީސް

މިރަސްމިއްޔާތުގައި ވަނީ، ކައްދޫ އެއާޕޯޓު ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ސޮއެކޮށްފައެވެ. މިމަސައްކަތްވެސް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ)އާއެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއެކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުﷲ މުއްޠަލިބެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.