މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
18 Sep 2023
ޚަބަރު
ރީޖަނަލް ޕޯޓްތަކަށް އުފުލާ ކޮންޓެއިނަރުގެ އަގު ހެޔޮކޮށްފި
މާލޭ ޕޯޓުން ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ނަގާ ފީ ކުޑަކޮށްފިއެވެ. މިއީ އަތޮޅުތަކުގައި ވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް މާލީ ލުޔެއް ހޯދާދިނުމަށް ނިންމި ނިންމުމެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.
01 Sep 2023
ޚަބަރު
އެމްޕީއެލް ފްލެޓްތަކަށް ފައިސާ ދެއްކުމަށް މުވައްޒަފުންނަށް ފަސޭހަ އިންތިޒާމްތަކެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ޢިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް ކުލި ދެއްކުމަށް މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސަދީފިއެވެ. މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުޞޫލަށް އެމް.ޕީ.އެލްގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށްފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުޞަތު މުވައްޒަފުންނަށް ވަނީ ހުޅުވާލައިފައެވެ. މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެނެވެ.
15 Aug 2023
ޚަބަރު
ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަށް ކްލިއަރ ކުރުން ލަސްވާ މުދާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް އެމްޕީއެލްއިން ޤާއިމްކޮށްފި
ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގައި ހަދައިފިއެވެ.