Advertisement

ފޮޓޯ: އެމްޕީއެލް

18 Sep 2023
ޚަބަރު

ރީޖަނަލް ޕޯޓްތަކަށް އުފުލާ ކޮންޓެއިނަރުގެ އަގު ހެޔޮކޮށްފި

މާލޭ ޕޯޓުން ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ނަގާ ފީ ކުޑަކޮށްފިއެވެ. މިއީ އަތޮޅުތަކުގައި ވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް މާލީ ލުޔެއް ހޯދާދިނުމަށް ނިންމި ނިންމުމެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ ކޮންޓެއިނަރު އުފުލުމާއި، ބޭލުމާއި އަދި ޕޯޓުގައި ބެހެއްޓުމުގެ ޚިދުމަތަށް ނަގަމުން އައި 4 ފީއަކުން %25 ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. އެމްޕީއެލްއިން ބުނީ، މާލެ ކޮމާޝަލް ހާބަރާއި ހުޅުމާލެ އިންޓަނޭޝަން ޓަރމިނަލުން ރީޖަނަލް ޕޯޓުތަަކަށް ޓްރާންސްޝިޕްކުރާ ލޭޑަން ކޮންޓެއިނަރުތަކުގެ ހޭންޑްލިން، ވޯފޭޖް ޗަރޖް، އެމްޕްޓީ އަންލޯޑިން ސްޓީވަރޑޯރިން އަދި ހޭންޑްލިން ޗާޖަސް ކުޑަކޮށްފައިވާކަމަށެވެ.

އަގަށް ގެނައި ބަދަލާއެކު، 20 ފޫޓުގެ ކޮންޓެއިނަރެއް ކުރިން ލޯޑު ކުރުމަށް ނަގަމުން އައި 1772 ރުފިޔާގެ ފީ، މިހާރު ވަނީ 1292 އަށް ކުޑަކޮށްފައެވެ. 45 ފޫޓު ކޮންޓެއިނަރުގެވެސް ލޯޑިން ފީން ގާތްގަނޑަކަށް 1200 ރުފިޔާ ވަނީ ކުޑަވެފައެވެ. ފީތައް ކުޑަކޮށް ގެނައި ބަދަލަށް މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ގެނައި ބަދަލާއިއެކު ކުދި ވިޔަފާރިތަކާއި އަތޮޅުތަކަށް މުދާ ގެންދާ ވިޔަފާރިވެރިން ސަޕްލައިއަށް ކުރާ ހޭދަ ކުޑަވާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ދަނީ ވިޔަފާރިވެރިންނަށް ފަސޭހަކުރުމަށް ފަސޭހައިން މުދާ ބާލާ، އުފުލޭނެ ގޮތާއި، އަދި ޕޯޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

އެމްޕީއެލްގެ ސްޓޯރޭޖް ފެސިލިޓީއަކީ ވަރަށް ކުޑަ އަގެއްގައި، މުދާ ކްލިއަރ ކުރެވެންދެން ބެހެއްޓޭނެ ފެސިލިޓީއެކެވެ. އެމްޕީއެލްގެ ޕޯޓަށް އެވްރެޖްކޮށް ދުވާލަކު 187 ކޮންޓެއިނަރުގެ މުދާ ހުސްކުރެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.