Advertisement

މާލޭ ނޯތު ހާބަރު، ފޮޓޯ: ފޯ ސްކްއަރ

02 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ރަށްރަށަށް ގެންދަން ނޯތު ހާބަރަށް ވައްދާ ވެހިކަލްތަކުން ފީ އެއް ނަގަނީ

އަތޮޅު ތެރޭގެ ރަށްރަށަށް ގެންދިއުމަށް މާލޭ ނޯތު ހާބަރަށް ވައްދާ ސައިކަލާއި ކާރުން ފީ އެއް ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން (އެމްޕީއެލް) ނިންމައިފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ފީ ނަގަން ފަށާނީ 2024 އޯގަސްޓު، 15 ވަނަ ދުވަހުން ފެށިގެންނެވެ.

މާލެ ނޯތު ހާބަރުން ދެމުންދާ ބައެއް ޚިދުމަތްތަކަށް ނެގޭ އަގަށް ގެނައި ބަދަލުތައް އާންމު ކުރުމަށް އެ ކުންފުނިން ކުރި އިއުލާނުގައި ބުނާ ގޮތުން، އަތޮޅުތަކަށް ގެންދިއުމަށް ބޯޓު ފަހަރަށް އަރުވަން ގެންނަ ކޮންމެ ސައިކަލަކަށް 25 ރުފިޔާ، އަދި 4 ފުރޮޅުލީ އުދަނދުގެ ގޮތުގައި ހިމެނޭ ކާރު، ވޭން، މީގެ އިތުރުން 3 ފުރޮޅުލީ އުޅަނދުތަކަށް 50 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން ނަގަމުން އައި ފީ އެއް ނޫނެވެ.

މީގެ އިތުރުން، ނޯތު ހާބަރަށް ކައިރި ކުރާ އުޅަނދުފަހަރުން ނަގަމުން ދިޔަ ފީ އަށް ވެސް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. މި ފީ ނަގާނީ އުޅަނދުގެ ބޮޑުކުޑަ މިނަށް ބަލައިގެންނެވެ.

ނޯތު ހާބަރަށް ކައިރި ކުރާ އުޅަނދުފަހަރުން ދެން ނަގާނެ ފީ ކަނޑައެޅިފައިވާ ގޮތް:

🔴  'އޭ' ޒޯނަށް ގާތްކުރާ އުޅަނދުފަހަރު ގާތްކުރާ ވަގުތުން ފެށިގެން، ކޮންމެ ގަޑިއަކަށް، މީޓަރަކަށް 0.50 ރުފިޔާ.

🔴  'ބީ' ޒޯނަށް ގާތްކުރާ އުޅަނދުފަހަރު ގާތްކުރާ ވަގުތުން ފެށިގެން، ކޮންމެ ގަޑިއަކަށް، މީޓަރަކަށް 1 ރުފިޔާ

🔴  'ސީ' ޒޯނަށް ގާތްކުރާ އުޅަނދުފަހަރު ގާތްކުރާ ވަގުތުން ފެށިގެން، ކޮންމެ ގަޑިއަކަށް، މީޓަރަކަށް 1 ރުފިޔާ.  

🔴  'ބީ ޒޯން އެކްސްޕްރެސް' ގާތްކުރާ އުޅަނދުފަހަރު ގާތްކުރާ ވަގުތުން ފެށިގެން، އެ އުޅަނދެއް ތޮށިގަޑާއި ގާތްކުރާ ގޮތަށް ދިގުމިނަށް ނުވަތަ ފުޅާމިނަށް ކޮންމެ ގަޑިއަކަށް، މީޓަރަކަށް 5 ރުފިޔާ.

ނޯތު ހާބަރަށް މުދާ/މީހުން ހުސްކުރުމަށް ނުވަތަ ބަރު ކުރުމަށް ވަންނަ ދަތުރު ތަކަށް ދެން ނަގާނެ ފީ ކަނޑައެޅިފައިވާ ގޮތް:

🔴  ސަރަހައްދަށް ވަންނަ 1.5 ޓަނަށްވުރެ ދަށުގެ އެއްގަމު އުޅަނދު ފަހަރު ވަނުމުގެ ފީއަކީ، ވަންނަ ކޮންމެ ފަހަރަކަށް 5 ރުފިޔާ.  

🔴  ސަރަހައްދަށް ވަންނަ 1.5 ޓަނަށްވުރެ އިތުރުވާ އެއްގަމު އުޅަނދު ފަހަރު ވަނުމުގެ ފީއަކީ، ވަންނަ ކޮންމެ ފަހަރަކަށް 10 ރުފިޔާ. 

🔴  ސަރަހައްދަށް ވަންނަ ފޯކްލިފްޓް، ވަނުމުގެ ފީއަކީ، ވަންނަ ކޮންމެ ފަހަރަކަށް 45 ރުފިޔާ.   

🔴  ސަރަހައްދަށް ވަންނަ ކްރޭން ނުވަތަ ކްރޭން ލޮރީ ވަންނަ ކޮންމެ ފަހަރަކު ވަނުމުގެ ފީއަކީ، ވަންނަ ކޮންމެ ފަހަރަކަށް 95 ރުފިޔާ.    

މީގެ އިތުރުން، ނޯތު ހާބަރުގައި ބަހައްޓާ މުދާ 3 ގަޑިއިރަށް ވުރެން އިތުރުވާނަމަ ވެސް ފީ ނަގާނެއެވެ.

ސަރަހައްދުގައި ބަހައްޓާ މުދަލުން ފީ ނެގުމަށް ކަނޑައަޅާފައިވާ ގޮތް:

🔴  ސަރަހައްދުގައި މުދާ ބެހެއްޓުމުން (3 ގަޑިއިރަށް ވުރެ ގިނައިރު ވުމުން) އެ މުދާ ބެހެއްޓިފައި ހުރި ތަނުގެ ބޮޑުމިނަށް، ކޮންމެ އަކަމީޓަރަކަށް 20 ރުފިޔާ އަދި ތިން ގަޑިއިރަށްވުރެ ގިނައިރު ބެހެއްޓިކަމުގައި ވަނީ ނަމަ، ގަޑި ގުނުމުގައި އެ 3 ގަޑިއިރުވެސް ހިމަނާނެއެވެ.  

🔴  ކުންފުނިތަކުން ސަރަހައްދުގައި މުދާ ބެހެއްޓުމުން (3 ގަޑިއިރަށް ވުރެ ގިނައިރު ވުމުން) އެ މުދާ ބެހެއްޓިފައި ހުރި ތަނުގެ ބޮޑުމިނަށް ކޮންމެ އަކަފޫޓަކަށް 1 ރުފިޔާ އަދި 3 ގަޑިއިރަށްވުރެ ގިނައިރު ބެހެއްޓިކަމުގައި ވަނީ ނަމަ، ގަޑި ގުނުމުގައި އެ 3 ގަޑިއިރުވެސް ހިމަނާނެއެވެ. 

އަދި މި ސަރަހައްދުގައި ބާއްވާ އިވެންޓުތަކަށް 2،500ރ. ނަގާނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ. ނަމަވެސް އިވެންޓުތަކަށް ސަރަހައްދު ދޫކުރާނެ ގޮތުގެ މައުލޫމާތެއް އެ އިއުލާނުގައި ހިމަނާފައެއް ނުވެއެވެ.

ނޯތު ހާބަރުގެ އިތުރުން، މާލެ ސައުތުވެސްޓް ހާބަރުން ދެމުންދާ ބައެއް ޚިދުމަތްތަކަށް ނަގާ ފީއަށް ވެސް އެމްޕީއެލް އިން ވަނީ ބަދަލު ގެނަސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.