Advertisement

ފޮޓޯ: އެމްޕީއެލް

24 Dec 2023
ޚަބަރު

އެމް.ޕީ.އެލްގެ އިންޓާރންޝިޕް ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމް.ޕީ.އެލްގެ އިންޓާރންޝިޕް ޕްރޮގްރާމް ފަށައިފިއެވެ. މި އިންޓާރންޝިޕް ޕްރޮގްރާމްތަކަކީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތު މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެގޮތުން އެކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލް.ޑީ.ޑީ) އިން ހިންގާ ޕްރޮގްރާމެކެވެ.

އެމްޕީއެލްއިން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރ 2023 އިން 4 ޖަނަވަރީ 2024 ގެ ނިޔަލަށް ކަމަށެވެ. އިންޓާރންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ކުރިއަށް ގެންދިޔަ އޮރިއެންޓޭޝަން ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް އިބްރާހިމް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކުރައްވައިފައެވެ.

އެމް.ޕީ.އެލްއިން ބުނީ މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓަރއެއް ހަމަޖައްސާނެކަމަށެވެ. އަދި މަސައްކަތުގެ މާޙައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުންކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް އިބްރާހިމް ވިދާޅުވީ، ޕޯޓުގެ ދާއިރާތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުމަށް އެކުންފުނިން ބޭނުންވާ ކަމަށެވެ. އަދި ޒުވާނުންނަށް ކުރިއަށް ދިއުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެމް.ޕީ.އެލް ދެމި އޮންނާނެކަމަށެވެ. 

މި ޕްރޮގްރާމްގައި ޖުމްލަ 13 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ތަފާތު ދާއިރާތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް، ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާރ، ކާޕެންޓްރީ، ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަންގެ އިތުރުން އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާރވިސް، ގްރެފިކް ޑިޒައިނިންގ، ކޮޕީ ރައިޓިންގ، ސިވިލް އިންޖިނިއަރިންގ / ސާރވޭއިން އަދި އާކިޓެކްޗަރަލް ޑްރާފްޓިންގ ހިމެނެއެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.