Advertisement

ފޮޓޯ: އެމްޕީއެލް

15 Aug 2023
ޚަބަރު

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަށް ކްލިއަރ ކުރުން ލަސްވާ މުދާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް އެމްޕީއެލްއިން ޤާއިމްކޮށްފި

ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގައި ހަދައިފިއެވެ.

އެމްޕީއެލްއިން ބުނީ މިސްޓޯރޭޖް ފެސިލިޓީ ހެދީ ކުދި ވިޔަފާރިތަކަށް މުދާ ގެންނަ ފަރާތްތަކުގެ އެދުމުގެމަތިން ކަމަށެވެ.  ކުދި ވިޔަފާރިކުރާ ފަރާތްތަކުން ގިނަ ވިޔަފާރިތައް އެކުވެ އެއް ކޮންޓެއިނަރުގައި މުދާ އެތެރެކުރާކަމަށާއި ނަމަވެސް އެއިން ވަކި މުދަލެއް ކްލިއަރ ކުރަން ލަސްވިނަމަވެސް، މުޅި ކޮންޓެއިނަރަށް ބޮޑު ފީ އެއް އިތުރަށް ދައްކަންޖެހޭކަން އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އަލަށް އިތުރުކުރި ސްޓޯރޭޖް ކެޕޭސިޓީއާއެކު، ކޮންޓެއިނަރުން އަވަހަށް މުދާ ހުސްކޮށް، ކޮންޓެއިނަރަށް ދަންކަންޖެހޭ ފީން ސަލާމާތްވާނެކަމަށެވެ. ކަމަށް ޝާހިދު އަލީ ވިދާޅުވިއެވެ. އަދި މިގޮތަށް ކޮންޓެއިނަރުތައް ހުސްނުވެ، ލަސްވުމަކީ ޝިޕިންލައިންތަކަށްވެސް އޭގެ ދަތިކަން ދިމާވާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓުމަށް އެމްޕީއެލްއިން ޤާއިމްކުރި ސްޓޯރޭޖް ފެސިލިޓީގައި 550 ކިއުބިކް މީޓަރު(ސީބީއެމް)ގެ މުދާ ބެހެއްޓޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެއީ 16 ކޮންޓެއިނަރުގެ މުދަލެވެ. އެމްޕީއެލް ސްޓޯރޭޖްގައި ސީބީއެމަކަށް ނަގަނީ ދުވަލަކަށް 26 ރުފިޔާއެވެ. ކޮންޓެއިނަރަށް ދުވާލަކަށް 35 ޑޮލަރު ދައްކަންޖެހެއެވެ. ދެތިންދުވަހު މުދާ ކްލިއަރ ނުވެއްޖެނަމަ 150 ޑޮލަރަށްވުރެ ބޮޑު އެއްޗެއް ދައްކަންޖެހެއެވެ. ނަމަވެސް އެމްޕީއެލްގެ ސްޓޯރޭޖް ފެސިލިޓީގައި ހުންނަ ނަމަ އެއީ 300ވަރަކަށް ރުފިޔާކަމަށާއި މިއީ ކުދި ވިޔަފާރިތަކަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.