Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

11 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ފައިސާ ނެތް ވާހަކަދައްކާފައި، އެތައް ސަތޭކަ ބަޔަކަށް ދަނީ ވަޒީފާ ދެމުން: ރައީސް ޞާލިޙް

ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވެފައިވާކަމަށާއި، ސަރުކާރުގައި ފައިސާ ނެތް ވާހަކަ ދެއްކުމަށްފަހު، މިސަރުކާރުން އަންނަނީ ސިޔާސީ މަޤާމުތައް އުފައްދައިގެން އެތައް ސަތޭކަ ބަޔަކަށް ވަޒީފާ ދެމުން ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިސްރާބު ހަމަމަގަށް، އެމްޑީޕީގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ފުވައްމުލަކުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ، މަޖިލިސް އިންތިޚާބު ކުރިމަތިވަމުން އަންނަ މިވަގުތުގައި ސަރުކާރުން އެތައް ސަތޭކަ ބަޔަކަށް ސިޔާސީ މަޤާމުތަކާއި ވަޒީފާތައް ދެމުން އަންނަކަން ފާހަގަކުރައްވާފައެވެ.

"ފައިސާ ހުރެގެން ނޫންތޯ މުސާރަ ދެވޭނީ! ސަރުކާރުގައި މިހާރު ވަރަށް ސާފުކޮށް އެބައެނގޭ ސިޔާސީ މަޤާމުތައް 1500 އަށްވުރެ މައްޗަށް އަރައިފި. ދައުލަތުގެ ބަޖެޓުން މުސާރައަށް ކުރާ ހޭދަ އާއި، ހިންގުމުގެ ހޭދަ މިދިޔަ 23 ވަނަ އަހަރުގެ 4 މަސް ދުވަހާއި އަޅައި ބަލާއިރު، އެތައް ގުނައެއް ބޮޑުވެގެން ގޮސްފި. މިއީ ހަމަމަގަށް އަޅުވަންޖެހޭ ކަމެއް." 

ރައީސް ޞާލިޙް

ރައީސް ޞާލިޙް ވަނީ، ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރަށް ނުހިންގިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަޤާމްތައް އުފައްދައި މުސާރަ ދެވޭނީ ފައިސާ ހުރެގެން ކަމަށެވެ. އަދި ސަރުކާރުގެ ރިކަރަންޓް ޚަރަދުވެސް ބޮޑުވެގެން ދާނީ ފައިސާ ހުރެގެން ކަމުގައި، އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލީޙް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން އިތުރު ކުރަމުންދާއިރު އެކަން ކުރެވޭނީ ފައިސާ ހުރެގެން ކަމަށެވެ. އެެހެން ކަމުން ދައްކާ ވާހަކައާއި އަމަލާއި ދިމާވާން އެބަޖެހޭ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑަށް ދައްކަމުން އައި އެއް ވާހަކައަކީ، ދައުލަތުގެ ދަރަނީގެ ވާހަކައެެވެ. މިގޮތުން ސަރުކާރާއި ކުންފުނިތައް އޮތީ ބަނގުރޫޓުވާ ހާލަތުގައި ކަމުގައި، ވިދާޅުވި ނަމަވެސް ފެންނަމުން ދަނީ، ސަރުކާރުން ކުރަމުން އަންނަ އިސްރާފު ޚަރަދުތައް އިތުރުވެފައިވާ މަންޒަރު ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.