Advertisement

އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒް އިސްމާޢީލް --

12 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މިސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑު ފުނޑުކޮށްލާނެ ކަމުގެ ކުލަ ވަރަށް ސާފުކޮށް އެބަފެނޭ- ފައްޔާޒް

މިސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑު ފުނޑުކޮށްލާނެ ކަމުގެ ކުލަ ވަރަށް ސާފުކޮށް ފެންނަމުން އެބަދާ ކަމުގައި، އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތެރެއިން، ރޭ ފޭދޫގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިސަރުކާރުން ވަނީ އެޓޯލް މިނިސްޓްރީ އެއް އުފައްދާފައި ކަމަށާއި، އަދި އެމިނިސްޓްރީ އުފައްދަވައި މާގިނަ ދުވަސްތަކެއް ނުވެ އެމިނިސްޓްރީގެ ދަށަށް ޔޫތު ސެންޓަރުތައް ގެންދަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހުރި ބާރުތައް އެމިނިސްޓްރީގެ ދަށަށް ގެންދާއިރު، ކައުންސިލްތަކާއި ހަވާލުވެވޭ ކަންކަމުގެ ގޮތުގައި އެމިނިސްޓްރީން އަންގާ ކަންކަން ކޮށްލައިގެން ތިބޭ ގޮތަށް ކަންކަން ފަހިކުރަމުންދާކަން ފައްޔާޒުގެ ވާހަކަފުުޅުގައި ފާހަގަކުރެއްވިއެވެ.

" މާގިނަ ދުވަސްތަކެއް ނެތި ކައުންސިލްތަކަށް އަންގައިފި ޔޫތު ސެންޓަރުތައް ގެންނާށޭ. އަނެއްދުވަހު ބުނާނީ މިވެނި އެއްޗެއް ގެންނާށޭ! ދެން ތިބޭފުޅުން މަޑުކޮށްލާށޭ ހަނދުފަޅިތައް އީދުގަިއ ހަރުކޮށްލަން. އެއީ ކައުންސިލްތަކާއި ދޭތެރޭ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް. ބައްލަވާ! މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ ނޫންތޯ، އޭރު އެބޭފުޅާގެ ދަށުގައި ނޫންތޯ ކައުންސިލްތަކަށް ފިޔަވަޅުއެޅުމުގެ ކަންކަން ކުރީ. ކިތައް ކައުންސިލްތޯ ސަސްޕެންޑް ކުރީ. "

އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒް އިސްމާޢީލް --

ފައްޔާޒު ވިދާޅުވީ، އޭރު ސަސްޕެންޑްކުރި ކައުސިލަރުންގެ އަަދަދު ގިނަކަމުން އެއަދަދު އެހެން މީހުންނެކޭ އެއްފަދައި އެމަނިކުފާނުގެވެސް ހަނދުމަފުޅުގައި ނެތް ކަމަށެވެ. މީގެ އިތުރުން ރައީސް ޞާލިޙް 5 އަހަރު ވެރިކަމުގައި ކަންތައް ކުރެއްވި ގޮތް ރަނގަޅުވުމުން ކުރީގެ އެކަންކަން ހަނދާން ނެތިގެން ދިޔައީ ކަމުގައިވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގައި ހައްދަވަމުން ގެންދަވަނީ މުޅިންވެސް އިތުރުފުޅުގައި ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. މިގޮތުން ފައިސާ ޗާޕް ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅާއި މެދު ބިރުގަންނަންޖެހޭ ކަމަށާއި، އެކަން ކުރައްވާނީ އެއާއި އިދިކޮޅަށްކަން އެއީ ޔަޤީންވާ ކަމެއް ކަމުގައި ފައްޔާޒް ވިދާޅުވިއެވެ. 

ފައްޔާޒް ވިދާޅުވީ، މިސަރުކާރުން ފައިސާ ޗާޕްކުރާނޭކަން އެއީ ކަށަވަރުވާ ކަމެއް ކަމަށާއި، އެކަން ކުރާ މަންޒަރު ރައްޔިތުންނަށް އަދި ފެންނާނެކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.