Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

12 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ސޯލިޙްގެ ސަރުކާރުން މަޢާފްކޮށްދީފައި ވަނިކޮށް، ކޯވިޑް ލޯންތަކުގެ އިންޓަރެސްޓް މަޢާފްކޮށްދޭނެކަމުގައި ރައީސް އިޢުލާނުކުރައްވައިފި

ކޯވިޑް-19 އާއި ގުޅިގެން އެސްޑިއެފްސީން ދޫކޮށްފައިވާ ލޯންތަކުގެ އިންޓަރެސްޓް ފައިސާ ރައީސް ސާލިޙްގެ ސަރުކާރުން މަޢާފްކޮށްދެއްވާފައި ވަނިކޮށް، މިސަރުކާރުންކޮށްދޭނެ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، އެލޯނުތަކުގެ އިންޓަރެސްޓް މަޢާފްކުރައްވައި، އަދި އިންޓަރެސްޓްގެ ގޮތުގައި ފައިސާ ދެއްކި ފަރާތްތަކުން ދައްކާފައިވާ ފައިސާ އަނބުރާ އެފަރާތްތަކަށް ދިނުމަށާއި ލޯނުގެ މުއްދަތަށް 10 އަހަރު އިތުރުކުރެއްވުމަށް ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސަށް އަންގަވާފައި ވަނީ، 15 ނޮވެމްބަރު 2023 ގައެވެ. އޭގެ ކުރިން، އެކަން އެގޮތަށް ސަރުކާރުން ހަމަޖައްސަވާނެކަން ރައީސް ޞާލިޙް އިއުލާނު ކުރެއްވީ، 22 ސެޕްޓެމްބަރު 2023ގައެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، އެކަމާއި ގުޅިގެން ދައުލަތުން ނިންމަންޖެހޭ ކަންކަމުގެ ޒިންމާ އޮތީ ދައުލަތަށެވެ. ސަރުކާރުން ނިންމާފައިވާ އެނިންމުން ތަންފީޒްނުކުރައްވައި، މިހާތަނަށް މަޑުޖެހިފައި އޮތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާއި ހަވާލުވުމަށްފަހު ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަންކަން މިފާއިތުވި 4 މަސްދުވަހުގެ ތެރޭގައި ނިމިފައި ނެތުމުގެ ސަބަބުންނެވެ.

މީގެ އިތުރުން އެޗްޑީއެފްސީން ނަގާފައިވާ ލޯނުތަކަށް ރައީސް ޞާލިޙްގެ ސަރުކާރުގައި ކޯވިޑާއި ގުޅިގެން ލުއިތައް ދީފައިވާއިރު، "ގެދޮރުވެރިޔާ" ސްކީމް ތަޢާރަފްކުރި އިރު ހައުސިންގ ލޯނުތަކުގެ އިންޓަރެސްޓް %6އަށް ކުޑަކުރީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަމަދު ޞާލިޙްގެ ވެރިކަމުގައެވެ.

ފޮނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮވިޑުގެ ތެރޭގައި އެސް.ޑީ.އެފް.ސީ. އަދި އެޗް.ޑީ.އެފް.ސީ. މެދުވެރިކޮށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކޮށްދޭން ނިންމަވާފައިވާކަމަށެވެ. 

"ކޯވިޑާއި ގުޅިގެން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީއެފްސީން ހައުސިންގ ލޯނު ނަގާފައި ތިބި ފަރާތްތަކަށް، އެމީހުންނަށްވެސް އޭރު އޮތީ މޮނިޓޯރިއަމްއަކުން މަހުންމަހަށް ދައްކަންޖެހޭ ވަރު، ލަސްކޮށްދީފައި. ނަމަވެސް އިންޓަރެސްޓް އަރަމުން އަރަމުން ގޮސްފައި އޮތީ ނުކަތާ ހިސާބަށް. އެވެސް މާފުކޮށްދޭނެކަމަށް އެސަރުކާރުން ވާހަކަދެއްކީ ޢަމަލީގޮތަކުން ނުކުރޭ. އަޅުގަނޑުމެން އެމަސައްކަތްވެސްކޮށްފިން. އިދާރީ ހުރިހާ މަސައްކަތެއް."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު --

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 8 ދުވަހަށް ވެފައި ވަނިކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އިންތިޚާބެއް އައިސް ބޯމަތިވާންދެން ކަމެއް ނުކޮށް ނުބާއްވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ކަމެއް ފަށައި މިއަދާއި ހަމައަށް އައިރު މިވީ 4 މަސް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެސްޑީއެފްސީގެ ލޯނުތަކުގެ އިންޓަރެސްޓަކީ ކުރީ ސަރުކާރުގައި މަޢާފްކޮށްދީ، ސަރުކާރު ބަދަލުވި އިރު އެކަން ތަންފީޒު ކުރުމުގެ މަރުހަލާގައި އޮތް ކަމަކަށް ވާއިރު، ދެވަނަ ކަމަކަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެޗްޑީއެފްސީގެ ލޯނުތަކުގެ އިންޓަރެސްޓް މަޢާފްކުރުމަކީ، ސަރުކާރަށް ނިންމެން އޮތް ނިންމުމެއް ނޫނެވެ.

މީގެ ކުރިން ހުޅުމާލޭގެ ފޭސް 1އިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުޑަކުރެއްވި ކަމުގައި އެމަނިކުފާނު އިޢުލާނު ކުރެއްވި ނަމަވެސް، އެޗްޑީއެފްސީއަށް ފައިސާ ދައްކާގޮތަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކުރިކަމަކަށް އެޗްޑީއެފްސީއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެކުންފުނިން އަންގާފައެއް ނުވެއެވެ. އަދި އެކަމާއި ގުޅޭ ގޮތުން އެކުންފުނިން ބުނެފައިވަނީ، ހުޅުމާލެ ފޭސް 1 ގައި ހުރި ފްލެޓްތަކުގެ ކުލިކުޑަކުރެއްވި ކަމަށް ރައީސް އިއުލާނު ކުރެއްވި ނަމަވެސް އެކުންފުންޏަށް ފައިސާ ދައްކަންޖެހޭ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭ ގޮތުން ސަރުކާރާއި އެކު ނިންމުމެއް ނިންމިފައި ނުވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.