Advertisement

ރައީސް ޑރ. މުޢިއްޒު، މާވަށު ކައުންސިލާއި ބައްދަލުކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

11 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މާވަށުގައި އެއާޕޯޓު އަޅައިދޭން އެދިއްޖެ

ހައްދުންމަތީގައި ސަރުކާރުން ދެވަނަ އެއާޕޯޓެއް އަޅާނަމަ ، އެ އެއާޕޯޓު މާވަށުގައި އަޅައިދިނުމަށް، މާވަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަޗާއި އައްޑުއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ވަޑައިގެންނެވީ، އެންމެ ފުރަތަމަ ލ. މާވަށަށެވެ.

މާވަށުގައި އެރަށު ކައުންސިލާއި، އތ.މ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މާވަށު ކައުންސިލުން ވަނީ ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ޤާއިމުކުރާނަމަ މާވަށުގައި އެ އެއަރޕޯޓު ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މާވަށަކީ، ހައްދުންމަތީގެ އެހެންރަށްރަށާއި އެކަހެރިކޮށް އޮންނަ އަތޮޅުގެ ހުޅަނދު ދުނީގައި ހިމެނޭ ރަށެކެވެ. ހައްދުންމަތީގައި އަޅާފައިވާ ފުރަތަަމަ އެއާޕޯޓަކީ، މިހާރު އަސްކަރީ އެއާޕޯޓަކަށް ބަދަލުކޮށްފައިވާ ކައްދޫ އެއާޕޯޓެވެ. ކައްދޫ އެއާޕޯޓުގެ އިތުރުން އެއަތޮޅު މެންދޫގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަށް ކުރީގެ ސަރުކާރުތަކުގައި މަޝްވަރާކޮށްފައިވެއެވެ.

މިސަރުކާރުން، މިއަހަރުގެ މާރިޗު މަހު، އިތުރު 09 ރަށެއްގައި އެއާޕޯޓު އަޅަން އިއުލާނުކޮށްފައި ވާއިރު، ހައްދުންމަތީގައި އިތުރު އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ ކަމުގައި އިއުލާނު ކުރި ނަމަވެސް ދެވަނަ އެއާޕޯޓު އަޅާނެ ރަށެއް ކަނޑައަޅާފައެއް ނުވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.