Advertisement

ފައްޔާޒް އިސްމާޢީލް - އެމްޑީޕީގެ ޗެއާ ޕާސަން

11 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޣިޔާޘުއްދީންގައި ހިނގިކަންކަން އެނގިވަޑައި ނުގަންނަވާ ކަމުގައި ވިދާޅުވުމަކީ، ނާޤާބިލްކަން: ފައްޔާޒު

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި އެކަންކަން ހިނގައިދިޔަ ކަންކަން އެެނގިވަޑައި ނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމަކީ އެމަނިކުފާނުގެ ނާޤާބިލްކަން ހާމަވާ ކަމެއް ކަމުގައި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ،އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތެރެއިން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ، ޣިޔާސުއްދީންގައި ހިނގި ކަންކަން ހިނގަމުންދާތާ ގާތްގަނޑަށް 10 ވަރަަކަށް ގަޑިއިރު ވީއިރު އެކަން ހިނގިކަން އެނގިވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވުމުން، އެނގިގެންދާ އެއްކަމަކީ އެމަނިކުފާނުގެ ނާޤާބިލްކަން ކަމަށެެވެ. ނޫންނަމަ އެކަން އެނގި ހުންނަވައި ރައީސް ހެއްދެވީ އިތުރުފުޅަކަށް ވެދާނެ ކަމުގައިވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، ޣިޔާސުއްދީނުގައި ހިނގާދިޔަ ކަންތައްތައް ހިނގައި ދިޔައީ، އެޑިޔުކޭޝަން މިނިސްޓަރު ސިޓީއެއް ފޮނުއްވައި، ހޯމް މިނިސްޓަރު ފުލުހުން ފޮނުއްވައިގެން ކަމަށާއި، އެބޭފުޅުންނަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

"ގާތްގަނޑަށް 10 ވަރަަކަށް ގަޑިއިރު ވެގެން ދިޔައިރު ރައީސުލްޖުމްހޫރިއްޔާއަށް އެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވަންޏާމު، އަޅުގަނޑަށް ދެންނެވޭނީ ވަރަށް ވަރަށް ވަރަށް ނާޤާބިލް ރައީސުލްޖުމްހޫރިއްޔާ އެކޭ މީ. އެހެންވީމާ ދެގޮތް މިއޮތީ. އެއްގޮތަކީ ނާޤާބިލްކަމުގެ ވާހަކަވެސް ނުދެއްކޭވަރަށް ނާޤާބިލީ. ނޫނިއްޔާ އަނެއްކާވެސް ހަމަ ރޯ ބުހުތާނު ދޮގުތަކެއް ހެއްދެވީ. ހައްދަވައިގެން ހެދުނު ގޯހަށް މިހާރު އެއުޅެނީ ފުލުސް އާދައިގެ އޮފިސަރުންތަކެއް ބޮލަށް ދުއްވާލައިގެން އެކަން ހަމަޖައްސަން"

ފައްޔާޒް އިސްމާޢީލް - އެމްޑީޕީގެ ޗެއާޕަރސަން

ފައްޔާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ދޭހަ ވަނީ ރައްޔިތުންނަކީ އެއްވެސް ބަައެއް ނޫންކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަން ކަމަށެވެ. އަދި މިފެންނަނީ ރައްޔިތުންނަކީ އެއްވެސް ބައެއް ކަމަށް ނުބަލައި ތިމާމެންގެ ވެރިކަމުގެ ބާރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކައްކުރައްވާ މަންޒަރުކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުރަސްއަޅައި ފުލުހުން ވަނީ، ޕެޕަރ ސްޕްރޭ ޖަހާފައެވެ. ފުލުހުން ޣިޔާސުއްދީން ސްކޫލު ބަންދުކުރީ، ހުއްދަ ދެވިފައި ނުވާ ބައްދަލުވުމެއް އެސްކޫލު ހޯލުގައި ބާއްވަން އުޅޭތީ އެކަން ހުއްޓުވަިއ ދިނުމަށް ސްކޫލު ހިންގާ ކުންފުނިން އެޑިޔުކޭޝަން މިނިސްޓްރީގައި އެދުމުން އެމިނިސްޓްރީގެ ފަރާތުން ފުލުހުންގެ ކިބަައިން އެކަމަށް އެދިގެން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ހިނގައިދިޔައިރު އެމަނިކުފާނަށް އޮތީ އެކަން އެނގިވަޑައިނުގެން ކަމުގައި ވިދާޅުވެ، އެކަން ހިނގައިދިޔަ ގޮތް ތަޙްޤީޤުކުރައްވައި ފިޔަވަޅުއަޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ހޯމް މިނިސްޓްރީން ރޭގައި ވަނީ ރައީސް ޑރ. މުއިއްޒަށް ފޮނުވާފައި ކަމުގައި، ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.