ޚަބަރު
10 Apr 2024
ޚަބަރު
ޣިޔާޘުއްދީން ސްކޫލުގައި ޖަލްސާ ބޭއްވިޔަ ނުދިނުމުން ރާޅުގަނޑުގައި ޖަލްސާ ބާއްވައި ޕާޓީ އުފެއްދުމުގެ ކަންކަން ފުރިހަމަކޮށްފި
ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި ވަނީ އެޕާޓީގެ ވަގުތީ ރައީސްގެ މަޤާމަށް ޒެއިން ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް އެޕާޓީގެ ވަގުތީ ރައީސްގެ މަޤާމަށް ޢައްޔަނުކޮށްފައެވެ. ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ވަޒީރު މުހައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ޖަލްސާގައި ފުރިހަމަކުރަންޖެހޭ ކަންކަން ކުރެވިފައިވާ ކަމަށާއި، އެޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ އޮބްޒަވަރުންވެސް ބައިވެރިވި ކަމަށެވެ.
10 Apr 2024
ޚަބަރު
ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ދެމީހަކަށް އަނިޔާވެއްޖެ
ފުުލުހުންގެ އިދާރާއިން ވިދާޅުވީ މިއެކްސިޑެންޓް ހިނގާަފައި ވަނީ، ހުޅުމާލެ ކައިރީގައި އޮންނަ ބަނާނާ ރީފާއި ގާތުގައި ކަމަށެވެ. މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަކީ، ޑިންގީގައި ތިބި ދެމީހުން ކަމަށާއި އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
10 Apr 2024
ޚަބަރު
ޤާނޫނީ ހަމަތަކުގެ މަތިން ހިންގާ ސިޔާސީ ހަރަކާތަށް ހުރަހެއް ނާޅާނަން: ސަރުކާރު
އެބަޔާނުގައި، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފައި ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.
10 Apr 2024
ޚަބަރު
ރައީސް މައުމޫނާއި އީދު ސަލާމް ކުރެއްވުމުގެ ފުރުޞަތު
ރައީސް މައުމޫނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢީދު ސަލާމް ކޮށްލެއްވުމަށާއި އެމަނިކުފާނާއި ބައްދަލުކޮށްލެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އީދު ދުވަހު ވަގުތުކޮޅެއް ހުސްކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން އެމަނިކުފާނާއި އީދު ސަލާމް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ހެނދުނު 9:30 އިން 11:00އަށް އެންދެރިމާގޭގައި ބައްދަލު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
09 Apr 2024
ޚަބަރު
އީދު އަލިން ވެލާނާ އެއާޕޯޓު ދިއްލާލައިފި
އެމްއޭސީއެލުން ވަނީ، އެއާޕޯޓުގެ ހާބަރާއި މަގުތަކުގައި އީދާއި ގުޅޭ ޑިޒައިންތަކުގެ ބޮކިތަކާއި ގިޑިގެތައް ހަރުކޮށް ދިއްލާފައެވެ.
09 Apr 2024
ޚަބަރު
ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި ހުއްޓުވައިފި
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މީޑިއާތަށް ވިދާޅުވީ، ފުލުހުން ޣިޔާސުއްދީން ސްކޫލުގައި ހަރަކާތްތެރިވަމުން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިގެން ކަމަށެވެ. އަދި އެޖަލްސާ އެ ސްކޫލުގައި ރައްކާތެރިކަން ޤާއިމްކޮށްދިނުމަށް އެސްކޫލު ހިންގާ ކުންފުނިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެދިފައިވާ ކަމުގައިވެސް ޝިފާން ވިދާޅުވިއެވެ.
09 Apr 2024
ޚަބަރު
ރައީސް ޞާލިޙް ދިވެހި ރައްޔިތުންނަށް ޢީދުގެ ތަޙްނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޢީދު ތަޙްނިޔާގެ މެސެޖުގައި، މި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މުސްލިމް އެންމެހައި އަޚުންނާއި އުޚުތުންނަށް ވަނީ އަރިސްކުރައްވާފައެވެ.
09 Apr 2024
ޚަބަރު
ރާބިޠާއަށް ޑރ ޝަހީމް ޢައްޔަނުކުރައްވައިިފި
ރާބިޠަތުލްޢާލަމީލް އިސްލާމިއްޔާއަކީ، 1962 ވަނަ އަހަރު އުފެއްދި ދުނިޔޭގެ މުސްލިމް ޤައުުމުތައް ބައިވެރިވާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ އޮފީހެއް ދިވެހިރާއްޖޭގައިވެސް ހުންނައިރު، މިޖަމިއްޔާގެ މައި އޮފީސް ހުންނާނީ މައްކާގައެވެ.
09 Apr 2024
ޚަބަރު
ޤަވާއިދު ބަދަލުކޮށްގެން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނަގާތީ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި
އެމްޑީޕީގެ ފަރާތުން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ މަޖިލިސް ކެންޕޭންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވީ، ފުށިދިއްގަރު ފަޅުހިއްކުމަށް އެމަަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ހިމާޔަތްކޮށްފައި ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ޤަވާއިދު އިސްލާޙް ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭ ކަމުގައި އީސަ ވިދާޅުވިއެވެ.
09 Apr 2024
ޚަބަރު
ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފައްވާރާ ދެވަނަ ފަހަރަށް ހުޅުވައިފި
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟުޙާ ޢީދާއި ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވުންކަމުގައި ވިދާޅުވެފައިވެއެވެ. އަދި ހަމައެއާއެކު ޢީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ ޢަޒުމު އާކޮށް، ހުރިހާ ފަރާތްތަކަކުންވެސް ޢީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
08 Apr 2024
ޚަބަރު
ރާއްޖެއަށް ވެސް އީދު ދުވަހަކީ ބުދަ ދުވަސް
މިގޮތަށް ނިންމަވާފައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ތަނަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ފެނިފައި ނުވާތީއެވެ. ސަޢޫދީ އަރަބިއްޔާއިންވެސް ކަނޑައަޅާފައި ވަނީ އެޤައުމަށް ހަނދުސާބިތު ކުރެވިފައި ނުވާތީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 10 އޭޕްރީލް 2024ވާ ބުދަ ދުވަސް ކަމަށެވެ.
08 Apr 2024
ޚަބަރު
ސައޫދީއަކަށް ހަނދެއް ނުފެނުނު، ޢީދު ދުވަހަކީ ބުދަ ދުވަސް
ސަޢޫދީ އަރަބިއްޔާގެ އެއްވެސް ތަނަކަށް މިއަދު އިރު އޮއްސުނު އިރު، ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ، މާދަމާއަކީ، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަަނަ ދުވަސް ކަމަށާއި، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ، ބުދަ ދުވަސްކަމުގައި ސަޢޫދީ އަރަބިއްޔާއިން ކަނޑައަޅައިފިއެވެ.
08 Apr 2024
ޚަބަރު
އީ-ޕެޓިޝަންގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މިކަރުދާހަށް ޚިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިއޭޕްރީލްމަހުގެ 29ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ. މިގޮތުން ޚިޔާލު ހުށައެޅުއްވޭނީ އީމެއިލުންނާއި ޕޯޓަލް މެދުވެރިކޮށް ކަމުގައި މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
08 Apr 2024
ޚަބަރު
ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފި
ޕީއެންްއެފް އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ މިއޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ރޭ (މާދަމާރޭ) 9:15ގައި ޣިޔާޘުއްދީން ސްކޫލް ހޯލުގައެވެ. މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، މުޙައްމަދު މަލީހް ޖަމާލު ވިދާޅުވިއެވެ.
08 Apr 2024
ޚަބަރު
ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފައްވާރާ މަރާމާތުކޮށް އަލުން ހުޅުވައިފި
މިތަން މަރާމާތުކޮށް އަލުން ހުޅުވާލީ، ފިޠުރު އީދަށް މާލެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ތަކުގެ ތެރޭގައި ހިމަނައިގެންނެވެ. މިތަން ވަރަށް އަވަހަށް އާއްމުންނަށް ހުޅުވާލާނެ ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.
08 Apr 2024
ޚަބަރު
ގޮވާމުގެ ބާވަތްތަކުން މިއަދު ފިޠުރު ޒަކާތް ބަހަން ފަށަނީ
މިގޮތުން މާދަމާ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހާނީ، ހެނދުނު 11އިން ހަވީރު 4އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މީގެ އިތުރުން މާދަމާ، ގޮވާމުގެ ބާވަތްތަކު ފިތުރު ޒަކާން ބަހާނީ، ހެނދުނު 11އިން މެންދުރު ފަހު 3:30އަށް އަދި ރޭގަނޑު 8:30 އިން 10:30އަށް ކަމުގައިވެސް ޒަކާތު ހައުސްއިން ހާމަކުރައްވާފައިވެއެވެ.