ޚަބަރު
30 Mar 2024
ޚަބަރު
ތަރައްޤީ ސިފަ ކުރާ ގޮތް އެބަ ބަދަލުކުރަން ޖެހޭ: ޑރ. ޝަމްހީދު
ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ކުރިޔަށް އޮތް އަހަރުތަކުގައި އޭއައިގެ ސަބަބުން %40 މީހުންގެ ވަޒީފާ ގެއްލިގެންދާނެ ކަމަށް، ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާ ކުރާ ކަމަށެވެ. އެހެން ނަމަވެސް ހަމައެގޮތަށް ޓެކްނޮލޮޖީއަކީ ވަޒީފާތައް އުފައްދާ އެއްޗެއް ކަމުގައިވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
30 Mar 2024
ޚަބަރު
ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސަރުކާރުން ދަނީ އިތުރު ދޮގުތައް ހަދަމުން: ރައީސް ޞާލިޙް
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދަވަމުން ގެންދެވި ދޮގުތަކުގެ ތެރޭގައި، އެްކަމަކަށް ދެއްކެވި އެއް ވާަހަކައަކީ، މުޅި ރާއްޖޭގައި ހަތިޔާރު އެޅި ގިނަ އަދަދެއްގެ ބޭރުގެ ސިފައިން އުޅޭ ކަމުގެ ވާހަކަ ކަމަށެވެ. މިގޮތުން އެއަދަދު ހާހުން ދެހާހުން ގުނޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކަންވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
30 Mar 2024
ޚަބަރު
ސްކޫލުތަކުގެ އިމްތިހާނު ފަސްކުރަން ނިންމިއިރު، ބައެއް ސްކޫލުތަކުން ބައެއް އިމްތިހާނުތައް ބާއްވައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ސްކޫލް ކުދިންގެ އިމްތިހާނު އަވަސް ކުރުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، އެކަން މިހާރު ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ރޭ ވިދާޅުވެފައެވެ. ނަމަވެސް، މި މަހުގެ ކުރީކޮޅު އެޑިއުކޭޝަން މިނިސްޓްރީއިން އިމްތިހާނުތައް އަވަސްކުރުމަށް އެދި ސާކިއުލާ ފޮނުވުމާ ގުޅިގެން ބައެއް ސްކޫލުތަކުގެ ބައެއް އިމްތިހާނުތައް މިހާރު ބާއްވާފައިވާކަން މި ނޫހަށް ވަނީ އެނގިފައެވެ.
30 Mar 2024
ޚަބަރު
ހުޅުމާލޭގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރައްވާ ތިން ކެންޑީޑޭޓުންނަކީ، އެދާއިރާތައް އެންމެ ރަނގަޅަށް ތަމްސީލް ކުރައްވާނެ ބޭފުޅުން: ރައީސް ޞާލިޙް
ރައީސް ޞާލިޙް ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި، ދަފްތަރުގައި ހިމެނިފައި ތިބި ރާއްޖޭގެ ރައްޔިތުން، އެ ތިންބޭފުޅުންނަށް ވޯޓު ދެއްވައި، އެމްޑީޕީއަށް އެތިން ގޮނޑި ކާމިޔާބުކޮށްދެއްވުމަށް އެދޭ ކަަމަށެެވެ.
29 Mar 2024
ޚަބަރު
އެމްޕީއެލްގެ ކާގޯ ޚިދުމަތް ދިނުމަށް ޓާކިޝް އެއާލައިނާއިއެކު ސޮއެކޮށްފި
މިއެބަސްވުމުގައި ޓަރކިޝް އެއާލައިންގެ ފަރާތުން ސޮއެކުރެއްވީ، އެ އެއާލައިނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއެކުރައްވާފައި ވަނީ އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީޙްއެވެ.
29 Mar 2024
ޚަބަރު
ސަރުކާރު ބަންދު ކުރި ދުވަސްތަކުގައި އޮފީހަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެލަވަންސެއް ދެނީ
ފިނޭންސް މިނިސްޓްރީ ބުނެފައި ވަނީ އެ އެލަވަންސް ފައިސާ ދޭނީ، އޭޕްރީލް މަހުގެ މުސާރަ އާއި އެކުގައި ކަމަށެވެ. މިގޮތުން ދިނުމަށް ކަނޑައަޅާފައި ވަނީ، އައު ޕޭ ފްރޭމްވޯކްގެ ދަށުން ދޭ ބަންދު ދުވަހުގެ އެލަވަންްގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ އެލަވަންސެކެވެ.
29 Mar 2024
ޚަބަރު
ސްޓެލްކޯއިން އެކުންފުނީގެ ޚަރަދުގައި ހަައްޖާއި އުމްރާއަށް ފޮނުވާނެ މުވައްޒަފުން ހޮވައިފި
ސްޓެލްކޯއިން ބުނީ، މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުން ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފުންކަމަށާއި ގުރުއަތުނަގާފައި ވަނީ އެމުވައްޒަފުންގެ މެދުގައި ކަމަށެވެ.
29 Mar 2024
ޚަބަރު
ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި
އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ޏ. ފުވައްމުލަކުގައި ހުންނަ، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަސްބުރީގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ހަވާލުކޮށްފައި ވަނީ، ޓިކް ޓެކް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. 35.9 މިލިއަން ރުފިޔާއަށް އެކުންފުންޏަށް މިމަޝްރޫޢު ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
29 Mar 2024
ޚަބަރު
ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ދައްކައިފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، އާދީއްތަ ދުވަހުން ފެށިގެން، އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނީ އާދިއްތަ ދުވަހުން ފެށިގެން އޭޕްރީލް 8ގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ.
29 Mar 2024
ޚަބަރު
ހުޅުމާލެ ފޭސް 2ގައި އަޅާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި
ސަރުކާރުން އަޅާ މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާއިމުކުރާ ފެސިލިޓީއެކެވެ.
29 Mar 2024
ޚަބަރު
ވެރިކަމުގެ ފުރަތަމަ 4 މަސް ދުވަސް މިދިޔައީ ވަރަށް ރަނގަޅަށް: ރައީސް
މިވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަސް މިވޭތުވެ ދިޔައީ ޖުމުލަ ގޮތެއްގައި ވަރަށް ރަނގަޅަށް ކަމުގައި ފާަހަގަކުރެއްވުމަށްފަހުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ޤައުމުގެ އިޤުތިޞާދު އޮތީ ފުންވަޅުގަނޑެއްގައި ކަމަށެވެ. މިގޮތުން ރާއްޖޭގެ ދަރަންޏާއި މެދު އެމަނިކުފާނު ދައްކަވާ ވާހަކަފުޅު މިބަސްދީގަތުމުގައިވެސް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
29 Mar 2024
ޚަބަރު
ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑަށް ގެއްލުން ލިބިދާނެ އަމަލުތައް ނުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި
އެކްސްގައި ފަޙުމީ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ބަހައްޓަމުން ގެންދިއުމާއި މިވަގުތު ޖަހާފައިވާ ބޯޑުތައްވެސް އެ ކޭބަލް ވިއުގައިގެ މަތީގައި ހުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
29 Mar 2024
ޚަބަރު
ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބީސީސީން ޚާއްޞަ ކެމްޕޭނެއް ފަށައިފި
"ދިވެހީންނަށް އިސްކަން" މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކެމްޕެއިންގައި ބޭނުންކުރުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބީސީސީން ތައްޔާރުކޮށްފައިވާ ކޮތަޅުގައި، ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކޮށް، އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށް ކަމުގައި ބީސީސީން ހާމަކޮށްފައިވެއެވެ.
29 Mar 2024
ވިޔަފާރި
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމެއައިޑީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. ބުރާސްފަތި ދުވަހު ސޮއިކުރި މި އެމްއޯޔޫއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ފެށުމެކެވެ.
29 Mar 2024
ކުޅިވަރު
ޖުމްލަ 1.6 މިލިއަންގެ ދަރަންޏެއް ދެއްކުމަށް އެފްއޭއެމްއަށް ހުކުމްކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން، އެ ހޮޓެލް ނިސްބަތްވާ ކުންފުނިން ކުރި ދައުވާއަކަށް ބިނާކޮށް، އެފްއޭއެމްގެ މައްޗަށް ބޮޑު ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
28 Mar 2024
ޚަބަރު
ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމާއި ގުޅޭ ފަހުމުނާމާގައި ސޮއެކޮށްފި
ހިޔާގެ 8ވަނަ ޓަވަރުގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައި ވާކަމަށާއި، އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސ އެޗްޑީސީން ވަނީ ބުނެފައެވެ.