Advertisement

ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅު މަތީގައިގައި މެދު ހެންވޭރުގެ ރައްޔިތުން ނުރުހުންފާޅު ކުރުން ---

30 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑޯޓުޑޯއަށް ވަޑައިގެންނެވުމުން މެދުހެންވޭރުގެ ބައެއް ރައްޔިތުން ނުރުހުންފާޅުކޮށްފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕޭނުގައި ރައީސް ޑޯޓުޑޯއަށް ވަޑައިގެންނެވުމުން އެދާއިރާގެ ބައެއް ރައްޔިތުން ނުރުހުންފާޅުކޮށްފިއެވެ.

މަގުމަތިން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދިމާކޮށް، ނުރުހުންފާޅުކޮށްފައި ވަނީ، އަމިއްލަ ގޮތުން އެދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވި، ހަސަން ޝިޔާމްއަށް ތާއީދުކުރާ އާއްމު ރައްޔިތުންގެ ތެރެއިން ބައެކެވެ. އެމީހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކުރިފުޅުމަތީގައި ނުރުހުންފާޅުކޮށް ވަނީ ޝަކުވާކޮށްފައެވެ. ނުރުހުން ފާޅުކުރި މީހުން ބުނެފައި ވަނީ، ރިޔާސީ އިންތިޚާބުގައި ޑރ. މުޙައްމަދު މުއިއްޒަށް ދާއިރާ ކާމިޔާބު ކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޙަސަން ޝިޔާމް ކަމަށެވެ. އެހެން ނަމަވެސް ޝިޔާމް އާއި މެދު ރައީސް ކަންތައް ކުރައްވާފައި ވަނީ ގޯސްކޮށް ކަމުގައި ބުނެ މީހުން ވަނީ ޝަކުވާކޮށްފައެވެ.

މެދުހެންވޭރުގެ ބައެއް ރައްޔިތުން ރައީސްގެ ކުރިފުޅުމަތީގައި ނުރުހުންފާޅުކުރުން --

އަދި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައިވެސް ހަސަން ޝިޔާމް ވަކިކޮށް، ކަންތައް ކޮށްފައިވަނީ ގޯސްކޮށްކަން އެމީހުން ފާހަގަކުރިއެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒު އެމީހުންނަށް ވިދާޅުވީ، އެކަން ހިނގާދިޔަ ގޮތެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނާއި ގުޅޭ ގޮތުން އެރައްޔިތުން ތުހުމަތުކުރެއްވި ކަންކަމަކީ ހުސްދޮގުކަމުގައި ވިދާޅުވެ ރައީސް ޑރ. މުއިއްޒު ވަނީ އެމީހުންނަށް ޖަވާބު ދެއްވާފައެވެ.

މެދު ހެންވޭރުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސްގެ ކުރިފުޅުމަތީގައި ނުރުހުންފާޅުކޮށް ވާހަކަދެއްކި މަންޒަރުތަކުގެ ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ ވައިރަލްވެފައެވެ.

އަމިއްލަގޮތުން އެދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމެވި ޙަސަން ޝިޔާމްގެ ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެ އަމިއްލަ ފަރާތަކުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައެޅި މައްސަލައިގައި އެކޯޓުން ވަނީ ޝިޔާމްގެ ކެންޑިޑެންސީ ބާޠިލްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.