Advertisement

ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު --

29 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު ބަންދު ކުރި ދުވަސްތަކުގައި އޮފީހަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެލަވަންސެއް ދެނީ

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދ މުއިއްުޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖައްސަވާފައިވީ ނަމަވެސް އެދުވަސްތަކުގައި ބައެއް އޮފީސްތަކުގެ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭތީ ޚާއްޞަ އެލަވަންސެއް ދެއްވުމަށް ނިންމަވައިފިއެވެ.

އެކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސަރކިއުލާގައި ބުނެފައި ވަނީ، ފަހުދިހައިގެ ބަންދުގައި އޮފީހަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް، އެލަވަންސެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާތީ، އެ އެލަވަންސްދިނުމާއި ގުޅޭ އުސޫލުތައް އެކުލަވާލާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ ބުނެފައި ވަނީ އެ އެލަވަންސް ފައިސާ ދޭނީ، އޭޕްރީލް މަހުގެ މުސާރަ އާއި އެކުގައި ކަމަށެވެ. މިގޮތުން ދިނުމަށް ކަނޑައަޅާފައި ވަނީ، އައު ޕޭ ފްރޭމްވޯކްގެ ދަށުން ދޭ ބަންދު ދުވަހުގެ އެލަވަންްގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ އެލަވަންސެކެވެ.

ރޯދަމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސި ނަމަވެސް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ބަންދު ޗުއްޓީއެއްގެ ގޮތުގައި ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް މުވައްޒަފުން ވަނީ ފާޅުކޮށްފައެވެ. ހަފްތާ ބަންދާއި އެކު މިއަދުން ފެށިން 16 ދުވަސް ސަރުކާރު ބަންދު ވާނެއެެވެ. ދެން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ މިފެށޭ އޭޕްރީލް މަހުގެ 14 ވާ އާދީއްތަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.