Advertisement

ސިނަމާލެ ބުރިޖުގެ މަސައްކަތްތައް ފެށުން ---

30 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ބްރިޖުގެ މެއިންޓަނަންސް މަސައްކަތާއި ހަވާލުވި ކުންފުނިން އެމަސައްކަތް ފަށައިިފި

ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތްތަކާއި ހަވާލުވި ކުންފުނިން މިއަދު ޢަމަލީ މަސައްކަތް ފަށާފައިވާ ކަމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

އެކަމަށްޓަކައި މިއަދު ވަނީ ބުރިޖު ސަރަހައްދުގައި ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ބުރިޖުގެ މެއިންޓަނަންސް މަސައްކަތްތައް ދެވަނަ ފަހަރަށްވެސް ހަވާލުކޮށްފައި ވަނީ ކުރިންވެސް އެމަސައްކަތް ކުރަމުން އައި، ޗައިނާގެ ސީސީސީސީ ކުންފުންޏަށެވެ. އަލުން އެކުންފުންޏާއި އެމަަސައްކަތް ހަވާލުކުރި އިރު، އެމަސައްކަތުގައި ދިވެހިން ބައިވެރިކޮށް ދިވެހިންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދޭނެ ކަމުގައިވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިގޮތުން މިހާރު ވެވިފައިވާ 3 އަހަރު ދުވަހުގެ އެއްބަސްވުން ނިމޭއިރު، ދިވެހިންނަށް އެކަން ކުރެވޭނެ ވަރަށް ދިވެހިން ތަމްރީން ކުރެވޭނެ ކަމުގައިވެސް ކޮންސްޓްރަކްޝަން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ސިނަމާލެ ބުރިޖުގެ މަޝްރޫޢަކީ، ގްރޭޓާމާލެ ކަނެކްޓިވިޓީ ބުރިޖުގެ މަޝްރޫޢު ފިޔަވައި، ރާއްޖޭގައި ހިންގުނު ޢުމުރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. އެބުރިޖު އެޅުމަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.