Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

31 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވެރިކަން ލިބުމަކީ ރައްޔިތުންގެ ފައިސާ ބޭނުންހާ ގޮތަކަށް ބޭނުންކުރަން ލިބޭ ލައިސަންސެއް ނޫން: ރައީސް ޞާލިޙް

ވެރިކަން ލިބުމަކީ، ރައްޔިތުންގެ ފައިސާ ވެރިކަމުގައި ހުންނަމީހަކު ބޭނުންހައި ގޮތަކަށް ބޭނުން ކުރުމަށް ލިބޭ ލައިސަންސެއް ނޫންކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގަިއ ވާދަކުރައްވާ ކެންޑިޑޭޓް ޖީހާން މަޙްމޫދުގެ ފަރާތުން އެދާއިރާގެ ރައްޔިތުންނަށް ދެއްވި ތަރާވީހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ވެރިކަމުގައި ހުންނަ މީހަކު މަސައްކަތް ކުރަން ވާނީ މުޅިޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އެކަން ފެނިގެން ނުދާކަން ފާހަގަ ކުރައްވާ، ފ. މަގޫދޫ ރައްޔިތުންނާއި މެދު މިސަރުކާރުން ކަންތައް ކުރަމުންދާ ގޮތް މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލައި ނިލަންދޫގައި  އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ، ރައީސް ޑރ. މުޢިއްޒުގެ ކޮއްކޯފުޅަށް އެދާއިރާގެ މަޖިލިސްގޮނޑި ހޯއްދަވައި ދެއްވުމަށްޓަކައި ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އިއްޔެ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ފ. އަތޮޅުން އެއް މިސާލު. ފ. އަތޮޅު މަގޫދޫގައި، އެމްޑީޕީގެ ސަރުކާރުން އަޅަންފަށައި ނިމުމަކަށް ގޮސްފައި އޮތް އެއާޕޯޓް ޕްރޮޖެކްޓް ހުއްޓާލި ވާހަކަ. ހުއްޓާލާފައި އަމިއްލަ ކޮއްކޮ، އިންތިޚާބު ކުރުމަށްޓަކައި ޖެހިގެން އޮތް ނިލަންދޫއަށް އެއާޕޯޓް ބަދަލުކުރި ވާހަކަ. ކޮންކަހަލަ ގެއްލުމެއްތޯ މުޅި ޤައުމަށް ވެގެން މިދިޔައީ."

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

ރައީސް ޞާލިޙް ވިދާޅުވީ، މަގޫދޫ އެއާޕޯޓްގެ މަސައްކަތް މިސަރުކާރުން ހުއްޓާލާއިރު، އެމްޑީޕީގެ ސަރުކާރުގައި އެއާޕޯޓު އެޅުމަށްޓަކައި، 115 މިލިއަނެއްހައި ރުފިޔާ އޮތީ ޚަރަދު ކުރެވިފައި ކަމަށެވެ. އަދި އެމަޝްރޫއުގެ ދަށުން އެއާޕޯޓުގެ ޓާމިނަލާއި، ފަޔަރބިލްޑިންގެ މަސައްކަތްވެސް އޮތީ ނިމުމަކާއި ހަމައަށް ގޮސްފައި ކަމަށާއި، ރަންވޭގައި ތާރު އެޅުމަށްޓަކައި އޭގެ ކުރިން އަޅާ އޭބީސީ ފަށަލަވެސް އޮތީ އަޅާފައި ކަމަށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ، މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ހުއްޓާލާފައި ނިލަންދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށާފައި އެވަނީ އެއްވެސް ކަހަލަ ބެލުމެއް ނެތިކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިފަދަ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކައި އެންމެ ފުރަތަމަ ތެދުވަންޖެހޭނެ ބަޔަކީ، ހިންނަވަރުގެ ރައްޔިތުން ކަމަށެވެ. އަދި މިފަހަރުވެސް ޖީހާން މަހުމޫދު އެގޮނޑިއަށް އިންތިޚާބުކުރުމަށްޓަކައި ހިންނަވަރުގެ ރައްޔިތުން ޖީހާނަށް ވޯޓު ދެއްވާނެކަން ޔަޤީން ކުރައްވާ ކަމަށާއި އެމަނިކުފާނު ހުންނެވީ ޖީހާނާއި އެކުގައިކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.