Advertisement

ޑރ. އަޙްމަދު ޝަމްހީދު- ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނުދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް -

30 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ތަރައްޤީ ސިފަ ކުރާ ގޮތް އެބަ ބަދަލުކުރަން ޖެހޭ: ޑރ. ޝަމްހީދު

ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުންވެސް ތަރައްޤީއަކީ ކޮބައިކަން ސިފަކުރާގޮތް ބަދަލުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ފަރާތުން ހުޅުމާލޭގެ ދާއިރާތަކުގެ ކެންޑިޑޭޓުންނާއި އެކު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ރާއްޖެ ތަރައްޤީކުރުމަށް އިތުރަށް ވިސްނަންޖެހޭ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.

މިގޮތުން އެފަދަ މިސާލެއްގެ ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތަކާއި، ޞިއްޙީ ދާއިރާގެ ޕްރޮފެޝަނަލް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމުގެ މުހިއްމުކަން ޑރ، ޝަމްހީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. ޝަމްހީދު ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާތަކުގެ ވާހަކަތަކަކީ މިއަދުގެ ސިޔާސީ ބައެއް މީހުންނަށް އެނގޭ އަދި އެމީހުން ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ސިންގަޕޫރުގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ކިޔެވުމަށް ފައިސާ ދެމުން އަންނަ ކަމުގައިވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ކުރިޔަށް އޮތް އަހަރުތަކުގައި އޭއައިގެ ސަބަބުން %40 މީހުންގެ ވަޒީފާ ގެއްލިގެންދާނެ ކަމަށް، ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާ ކުރާ ކަމަށެވެ. އެހެން ނަމަވެސް ހަމައެގޮތަށް ޓެކްނޮލޮޖީއަކީ ވަޒީފާތައް އުފައްދާ އެއްޗެއް ކަމުގައިވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، ރައްޔިތުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެހާ ވަރަށް ސަރުކާރުތަކުގައި އެވިސްނުން ހުރިކަމުގައި ހީފުޅު ނުވާކަމުގައިވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާތައް ވާދަކުރައްވާ، ޑރ. އަޙްމަދު ޝަމްހީދަކީ، އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއެއް ކަމުގައިވާ، ޔުނިވަސިޓީ އޮފް ލީޑްސްއިން ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ކެންޑިޑޭޓެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.