ޚަބަރު
21 Mar 2024
ޚަބަރު
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ތާވަލަށްވުރެވެސް އަވަހަށް ކަމުގައި މިސަރުކާރުންވެސް ބުނެފި
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މަަސައްކަތް ކުރިޔަށް ދަނީ ޝެޑިއުލްއަށް ވުރެވެސް ބާރަށް ކަމަށާއި، މުޅި ބުރިޖުގެ މަސައްކަތްތަކުގެ %35 އިންސަތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސްޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓިން މަސައްކަތުގެ %24 އިންސައްތަ ނިމިފައިވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
21 Mar 2024
ޚަބަރު
ރަސްމާލެ ޕްރޮޖެކްޓެއް ނުހުއްޓޭ، ހުއްޓިފައި އޮތީ ބިން ހިއްކުން: މިނިސްޓަރ ޑރ. މުއްޠަލިބު
މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢަކަށް ނުވާތީ، އެމަޝްރޫޢުގެ ކަންކަން ބަލަހައްޓަމުންދަނީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ނޫންކަމަށެވެ. މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތީ، ރަސްމާލެ ހިއްކުމަށް ވެލި ނެގުމަށް ކަނޑައެޅި ސަރަހައްދުން ވެލި ލިބެން ނެތުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް ބޭނުންވާ ވެލި ނަގާނެ ތަނަކާއި ގުޅޭ ގޮތުން ދިރާސާކުރަމުންދާ ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު މިވަގުތައް ހުއްޓިފައި އޮތް ނަމަވެސް ބިންހިއްކުމަށް ބޭނުންވާ ސަރަހައްދުގެ ބަންޑްވޯލް އެޅުމުގެ މަސައްކަތް ހިނގަމުންދާކަމުގައި ވިދާޅުވިއެވެ.
21 Mar 2024
ޚަބަރު
މާލެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވޭ ގޮނޑިތަކުގެ އެންމެ ކުރީގައި ހިމެނޭނީ މާފަންނު އުތުރު ދާއިރާގެ ގޮނޑި - ރައީސް ޞާލިޙް
އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އެދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އިފްޙާމް ޙުސައިންގެ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، އިންތިޚާބު އޮންނާނެ ތާރީޚެއް ނޭނގި ދިޔަ ދުވަސްތަކުގައިވެސް އެދާއިރާގެ ކެމްޕޭންތައް ކުރިޔަށް ދިޔަކަން ފާހަގަކުރެއްވުނު ކަމަށެވެ.
20 Mar 2024
ޚަބަރު
ގްރޭޓާ މާލޭގެ ހަ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖައްސައިފި
އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖައްސާފައި ވަނީ މާލޭގެ ދެމިސްކިތެއްގަޔާއި، ސްޓޭޑިއަމްގެ އިތުރުން، ވިލިމާލެ އާ ހުޅުމާލޭގެ ދެ ސަރަހައްދެއްގައެވެ.
20 Mar 2024
ޚަބަރު
މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން މަސައްކަތް ކުރެއްވުމަށް ސްޓެލްކޯގެ އެމްޑީ އެދިވަޑައިގެންފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ޤައުމު އޮތީ، ބަނގުރޫޓުވުމާ ގާތުގައި ކަމަށެެވެ.
20 Mar 2024
ޚަބަރު
ތިލަފުށި ފޭސް 2 އިން ބިން ގަތުމުގެ ފުރުޞަތު ހުޅުވާލައިފި
އެޗްޑީސީން ވިދާޅުވީ، އޮންލައިން ކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި (https://bids.hdc.mv/) ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި ވާކަމަށެވެ.
20 Mar 2024
ޚަބަރު
ޢީދު ނަމާދު ކުރާ ގަޑިއަކީ، ހެނދުނު 7:00 ކަމުގައި ހަމަޖައްސައިފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ޢީދު ނަމާދުކުރަން ފަށާވަގުތު އަވަސްކޮށްފައި ވަނީ، ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލުމްވެރިންނާއި، ފަލަކީ ހިސާބުތަކާއި ބެހޭ ކޮމިޓީއާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
20 Mar 2024
ޚަބަރު
ކަރަންޓް ބޭނުން ކުރާ މިންވަރު 104 މެގަވޯޓަށް އަރައިފި
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭކަމަށެވެ.
20 Mar 2024
ޚަބަރު
ހުޅުމާލޭގައި ހުއްދަ ނަގައިގެން ކެމްޕޭން ޕޯސްޓަރ ތަކާއި ބެނާތަކާއި ކެންވާސްތައް ޖެހުމަށް އެދިއްޖެ
އެޗްޑީސީން މިކަމަށް އެދިފައި ވަނީ، ކެމްޕޭން މެޓީރިއަލްތައް ހުއްދަނެތި ހަރުކުރަމުން ދިޔުމާއި، އަދި އެފަދަ މަސައްކަތްތައް ކުރުމުގެ ތެރޭގައި، ހުޅުމާލޭގެ ޕަބްލިކް އިންފްރާސްޓްރަކްޗަރ ތަކުގެ ތެރޭގައި ހިމެނޭ، ކަރަންޓާއި ފެނާއި ނަރުދަމާ، އަދި ނެޓްވޯކް ކޭބަލްތަކަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.
20 Mar 2024
ޚަބަރު
ޤަވާއިދުން ވޯކްޕާމިޓް ފީ ނުދައްކާ، 96,145 ބަނގުލަދޭޝް މީހުން އެބަތިބި
20 Mar 2024
ޚަބަރު
އެއް އަހަރު ތެރޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯއްދަވާނެ ކަމުގައި ހޯމް މިނިސްޓަރ ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަވުމަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމުގައި ޤަބޫލު ކުރައްވާ ކަމަށެވެ.
20 Mar 2024
ޚަބަރު
މިސަރުކާރު އައި ފަހުން ބަނގުލަދޭޝް އިން ރާއްޖެއައީ 4000 މަސައްކަތު މީހުން: ހޯމް މިނިސްޓަރ
މި ސަރުކާރު ވެރިކަމަށް އައި އިރު، ރާއްޖެއަށް ބަނގްލަދޭޝް އިން މަސައްކަތު މީހުން ގެނައުމަށް ކޯޓާ ދިނުން އޮތީ ހުއްޓާލާފައެވެ. އެގޮތަށް ނިންމީ ކޯޓާދިނުމަށް ކަނޑައަޅާފައިވާ އަދަދުތައް ހަމަވުމުންނެވެ.
20 Mar 2024
ޚަބަރު
އިމާރާތްތަކުން މަގުތައް މައްޗަށް ފެން ފައިބާ މައްސަލަތައް ހައްލު ކުރަން އަންގަން ފަށައިފި
އާޒިމް ވިދާޅުވީ، ދިޔަދޮވި އަދި އޭސީ ތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަތަކަކީ، އެކަމުގެެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް ތަކުލީފަކަށްވެފައި އޮންނަ ކަމެއް ކަމަށާއި އެކަމާއި ގުޅިގެން ކައުންސިލުން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. މިގޮތުން އަސްކަނިތަކާއި ދިޔަ ދޮވިތަކުން އަދި އޭސީން މަގުމައްޗަށް ފެން ފައިބާ 12 އިމާރާތެއް އިއްޔެ އިންސްޕެކްޓްކޮށްފައިވާ ކަމަށާއި، އަދި އެކަންކަން އިސްލާޙް ކުރުމަށް ވެރިފަރާތްތަކަށް އަންގާފައިވާ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
20 Mar 2024
ޚަބަރު
ވައިގެ މަގުން ރާއްޖެ އައި މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
20 Mar 2024
ޚަބަރު
ފުލުހުންގެ މުސާރަތައް ބޮޑުކޮށްފި
ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ފުލުހުންގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުންވަނީ ބޮޑުކޮށްދެއްވާފައި ކަމަށާއި، އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެކަމަށެވެ.
19 Mar 2024
ޚަބަރު
އެންމެ އުސް ސުނާމީ ރާޅުގެ އުސްމިން ބުރުޖު ޚަލީފާގެ ދެބައިކުޅަ އެއްބަޔާއި އެއްވަރު!
ދުނިޔޭގައި ރެކޯޑް ކުރެވިިފައިވާ އެންމެ އުސް ސުނާމީ ރާޅުގެ އުސްމިން ބުރުޖު ޚަލީފާގެ ދެބައިކުޅަ އެއްބައި އުސްމިނާއި އެއްވަރެެވެ. އެސުނާމީގެ ރާޅުގެ އުސްމިނުގައި، 524 މީޓަރު ހުއްޓެވެ. މިސުނާމީ އުފެދުނީ، އެލަސްކާގެ ލިތުޔާ ބޭގައެވެ. މި ސުނާމީގެ ރާޅުގެ އުސްމިން އެއީ ދިވެހިރާއްޖެއަށް ބަލާނަމަ ވިލާތަކާހަމައިގައި ހުންނަ އުސްރާޅެކެވެ.