ޚަބަރު
24 Mar 2024
ޚަބަރު
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނުކަމަށް ބެލެވޭ މީހަކު ކަރަންޓްޖެހިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ކަރަންޓްގައި ޖެހިފައި ވަނީ، ހުޅުާލެ ފޭސް 2 ގެ ހިޔާގެ 3 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރ ތެރޭގައި ކަމަށެވެ. އޭނާ އެތަނުގައި ވެއްޓިފައި އޮއްވައި ފުލުހުންނަށް ފެނިފައި ވަނީ ރޭގެ ފަތިހު، 4:07 ހާއިރުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
23 Mar 2024
ޚަބަރު
ނަރީޝްއަށް ދިން ހަމަލާއަކީ ރައްދުގައި ދިން ހަމަލާއެއްކަމަށް މަންޒަރު ދުށް މީހުން ބުނޭ
މި އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު، އިބްރާހިމް ދީދީގެ ކެމްޕެއިނަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ގއ. މާމެންދޫއަށް ވަޑައިގެންނެވުމުން އެ ރަށު ބަނަދަރުގައި މާރާމާރި ހިންގައިފިއެވެ.
23 Mar 2024
ޚަބަރު
އައްޑޫ ސިޓީއިން ފެނުގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ އެތައް ގަޑިއިރެއް
ރާއްޖޭގަ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީއިން މިއަދުގެ މެންދުރުން ފެށިގެން ފެނުގެ ހިދުމަތް ވަނީ މެދެކެނޑިފައެވެ. ސަޕްލައި ފެނަށް ވަރަށް ބޮޑަށް ބަރޯސާވެފަ އޮންނަ އައްޑޫ ސިޓީގެ ގެތަކަށް މިކަމުގެ ސަބަބުން އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.
23 Mar 2024
ޚަބަރު
ޓޭކްއަވޭ ވިޔަފާރިއަކަށް ގެއްލުންދޭން އުޅުނު މީހަކަށް އަނިޔާކޮށްފި
މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޓޭކްއަވޭ ވިޔަފާރިއަކަށް މީހަކު ގެއްލުންދިންކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 7:00 ހާއިރުއެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، މާރާމާރީ ހިންގުމަށްފަހު، މާރާމާރީ ހިންގި ގްރޫޕުން ފިލާފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ.
23 Mar 2024
ޚަބަރު
ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބަންދުން ދޫކުރަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަކުން ނޫން: ހޯމް މިނިސްޓަރ
މިނިސްޓަރ އިޙްސާން ވިދާޅުވީ، އެ ނިންމުމަކީ، ކޯޓުގެ ނިންމުމެއް ކަމަށެވެ، ސަރުކާރުގެ ނިންމުމެއް ނޫންކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް ގެންދަވަނީ އެނިންމުން އިސްތިއުނާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
23 Mar 2024
ދުނިޔެ
އ.ދ.ގެ ސެކިއުރިޓީ ކައުންސިލުގައި އެމެރިކާއިން ކުޅެން އުޅުނު ޑްރާމާ ކާމިޔާބެއް ނުވި
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް ކަމަށް އަޑު ފަތުރައި، އެމެރިކާއިން އެކުވެރި ދައުލަތްތަކުގެ (އ.ދ.) ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާހެއް ނުވިއެވެ. ހުކުރު ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުށަހެޅި މި ގަރާރު ފާސްވެފައި ނުވަނީ، އެ ކައުންސިލްގެ ދާއިމީ ދެ މެންބަރުން ކަމުގައިވާ ރަޝިއާ އާއި ޗައިނާ މި ގަރާރު ވީޓޯ ކުރުމުންނެވެ.
23 Mar 2024
ޚަބަރު
ކުޑަކުދިންނަށްކުރާ ޖިންސީ ގޯނާތަކުގައި ހިމެނޭ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ރައީސުލްޖުމްހޫރިއްޔާ
ކުޑަކުދިންނަށްކުރާ ޖިންސީ ގޯނާތަކާއި ގުޅޭ މައްސަލަތަކުގައި ހިމެނޭ މީހުން އަނބުރާ މުޖުތަމައުއަށް ދޫކޮށްލަން ޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ "އެކްސް" ގައި މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ.
23 Mar 2024
ޚަބަރު
މާލޭގެ މަގު މައްޗަށް ކުނިއަޅާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްދިނުމަށް އެދިއްޖެ
މަގުމައްޗަށް ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ސިޓީ ކައުންސިލުން މިހާރު އާންމު ކުރަން ފަށާފައިވާއިރު، ފުލުހުންނާ ގުޅިގެން މި މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތް ދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ވެސް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
23 Mar 2024
ޚަބަރު
ކަރަންޓުގެ އަސާސީ ޚިދުމަތަށް ބުރޫ އަރަނީ ޓްރާންސްފޯމަރުތައް ވަގަށް ނަގާތީ: ފަހުމީ
ުކުރު ދުވަހުގެ ފަތިހާއި އެ ދުވަހުގެރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ، ސްޓެލްކޯގެ ސަބްސްޓޭޝަންތައް ހަލާކުކޮށް، އެތަންތަނަށް ވަދެ، އެ ތަންތާގައި ހުރި ޓްރާންސްފޯމަރުތަކުގެ އެކި ބައިތަށް ވަގަށް ނަގަމުންދާތީ ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
22 Mar 2024
ޚަބަރު
ފޭކް ކާބޯތަކެތީގެ ވިޔަފާރި، މިއީވެސް ބޮޑު އިންޑަސްޓްރީއެއް!
ޖަޕާނުގެ ފޭކް ކާބޯތަކެތީގެ އިންޑަސްޓްރީގައި ދިގު ތާރީޚެއް އޮވެއެވެ. އޮސާކާގެ މޮރީނޯ ސާމްޕަލް ވޯކްޝޮޕްގައި ފޭކް ކާބޯތަކެތި އުފައްދަމުން އަންނަތާ 45 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
22 Mar 2024
ޚަބަރު
ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ބޭނުންވާ މިންވަރު ބެލުމަށް ދިރާސާކުރަނީ
މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަންސްކިލްޑް ލޭބަރސްގެ ނީޑް އެނަލިސިސްއެއް މިހާރު ސަރުކާރުން ކުރަމުން އެބަގެންދާ ކަމަށާއި، މިއަދާއި ހަަމައަށް އެކަމުގެ ފުރިހަމަ ދިރާސާއެއް ހަދާފައި ނުވާކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
22 Mar 2024
ޚަބަރު
އެޑިޔުކޭޝަން މިނިސްޓަރ މަޖިލީހުގައި ދެއްކެވި ވާހަކަފުޅު އެމްޑީޕީން ކުއްވެރިކޮށްފި
އެމްޑީޕީގެ ބަޔާނުގައި ބުނީ، އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ 2 ދުވަސް ކަމަށާއި، އެގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެން ހީނުވާކަމަށެވެ.
22 Mar 2024
ޚަބަރު
ކުޑަކުދިން އެސްކްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތަކުގައި ޢަމަލު ކުރާނެ ގޮތާއި ގުޅޭ ގޮތުން ޕީޖީގެ އިރުޝާދެއް!
ޕީޖީ އޮފީހުން ވިދާޅުވީ، މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެ އިރުޝާދާއި އެކު، މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަޙްޤީޤުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުޞޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެ ކަމުގައިވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
22 Mar 2024
ޚަބަރު
ސަޢޫދީޢަރަބިއްޔާއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ސަޢޫދީއަރަބިއްޔާއިން ހަދިޔާކުރި މިކަދުރަކީ، ކޮންމެ އަހަރެއްގެވެސް ރޯދަމަހު އިސްލާމީ ޤައުމުތަަކަށް ކަދުރުން ކުރާ ހަދިޔާގެ ތެރޭގައި ހިމެނޭ ކަދުރެވެ. މިގޮތުން ރާއްޖެއަށްވެސް ސަޢޫދީސަރުކާރުން ކަދުރު ހަދިޔާކުރާތާ ވަރަށް ގިނަ އަހަރުތައް ވަނީ ވެފައެވެ.
22 Mar 2024
ޚަބަރު
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ރަޝިޔާއިން ކިޔޭވްއަށް ވަރުގަދަ ހަމަލާތަކެއް ދީފި
ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރުވެގެން ގޮސްފައިވާއިރު، މިހަނގުރާމައިގައި މަރުވި މީހުންގެ ސާފު އަދަދެއް އެނގިފައި ނުވިނަމަވެސް އެ އަދަދު މިހާރު މިލިއަނަކާއި ގާތްކޮށްފައިވާ ކަމަށް، އަންދާޒާކޮށްފައިވެއެވެ.
22 Mar 2024
ޚަބަރު
ދިއްލީގެ ޗީފް މިނިސްޓަރު ހައްޔަރުކޮށްފި
ދިއްލީގެ ޗީފް މިނިސްޓަރ ހައްޔަރު ކުރި އިރު، މިއީ އިންޑިއާގެ ތާރީޚުގައި މަޤާމުގައި ހުންނެވި ޗީފް މިނިސްޓަރަކު މިގޮތަށް ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ލޯކްޝަބާ އިންތިޚާބު، (އާއްމު އިންތިޚާބު) ގާތްވެފައި ވަނިކޮށް، ދިއްލީގެ ޗީފް މިނިސްޓަރު ހައްޔަރުކުރުމާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.