Advertisement

އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

24 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ދަތުރުކުރެވުނު ރަށްރަށުން ފެނުނީ މިސްރާބު ހަމަމަގަށް ގެންދިޔުމަށް މަސައްކަތްކުރާ މަންޒަރު: އެމްޑީޕީގެ ރައީސް

އެމްޑީޕގެ މަޖިލިސް ކެމްޕޭނުގައި، ތިން އަތޮޅުންވެސް ދަތުރުކުރެވުނު ރަށްރަށުން ފެނުނީ މިސްރާބު ހަމަމަގަށް ގެންދިޔުމަށް މަސައްކަތްކުރާ މަންޒަރުކަމުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި، މުލަކަތޮޅާއި، ނިލަންދެ އަތޮޅު ދެކުނު ބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅާއި ގުޅޭ ގޮތުން ލިޔުއްވި ޕޯސްޓްގައެވެ.

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވިދާޅުވީ، ކެމްޕޭން ދަތުރުގައި، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އިވުނީ ސަރުކާރާމެދު ކުރެވޭ ޝަކުވާގެ އަޑު ކަމަށެވެ. އަދި މިސްރާބު ހަމަމަގަށް ގެންދިޔުމަށް މުޅި ރާއްޖެއިން އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވިދާޅުވީ، މި ދަތުރުގައިވެސް އެމްޑީޕީގެ ކެމްޕޭން ޓީމްތަކުން ރޯދަ މަހުވެސް ކުރައްވަމުން ގެންދަވާ ބުރަ އެހެނަސް ފޯރިގަދަ މަސައްކަތް ފެނިވަޑައިގެންނެވި ކަމަށާއި، ކެމްޕޭން ޓީމްތަކުން އެމްޑީޕީ ކެންޑިޑޭޓުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިމަސައްކަތުގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ މަޖިލިސް އިންތިޚާބުގައި އެމްޑީޕިއަށް ފުރިހަމަ ކާމިޔާބެއް ލިބުންކަމުގައިވެސް އެމަނިކުފާނު ވިދާޅުުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އެމްޑީޕީން ދަނީ މާލެ އާއި އަތޮޅުތަކުގައި ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.