Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

25 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑރ. މުއިއްޒުގެ ހަމްދަރުދީގެ މެސެޖެއް ޕޫޓިންއަށް!

ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުރި، ކްރޯކަސް ސިޓީ ހޯލަށް ވަދެ ހަތިޔާރު އެޅި ޓެރަރިސްޓް ގުރޫޕަކުން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު، ޒަޚަމްވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުޢިއްޒު ރަޝިޔާގެ ރައީސަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރަޝިއާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި، ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންނެވިކަމުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޓެރަރިޒަމްގެ މިފަދަ ފިނޑި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި، ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ ޢަމަލުތައްވެސް ކުށްވެރިކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ރަޝިއާ އިސްވެ އޮވެ ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަކޮށް ދެ ފަރާތުން ބައި މިލިއަނަށްވުރެ ގިނަ ސިފައިން ނާއި ގިނަ އަދަދެއްގެ އާއްމުން މަރުވެފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މެެޖުގައި ހަނގުރާމަ އާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެެއް ނުވެއެވެ.

މޮސްކޯގެ ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި ފަސް ޓެރަރިސްޓަކުވަދެ ބަޑިޖަހައި އަދި ޕެޓްރޯލް ބޮމުން ދިން ހަމަލާތަކުގައި 137 މީހުން މަރުވިއެވެ. އަދި 150 ވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

މިހަމަލާގެ ޒިންމާ އައިއެސްޖަމާޢަތުން އުފުލާފައިވާ ކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.