Advertisement

23 Mar 2024
ޚަބަރު

ނަރީޝްއަށް ދިން ހަމަލާއަކީ ރައްދުގައި ދިން ހަމަލާއެއްކަމަށް މަންޒަރު ދުށް މީހުން ބުނޭ

މި އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު، އިބްރާހިމް ދީދީގެ ކެމްޕެއިނަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ގއ. މާމެންދޫއަށް ވަޑައިގެންނެވުމުން އެ ރަށު ބަނަދަރުގައި މާރާމާރި ހިންގައިފިއެވެ.

ބައެއް މީޑިއާތަކުން ކޮށްފައިވާ ސުވާލުތަކާ ގުޅިގެން ނަރީޝް ވިދާޅުވެފައިވަނީ، ކޮލަމާފުށިން ސަތޭކަ ވަރަކަށް މީހުންނާއެކު މިއަދު ހަވީރު މާމެންދޫއަށް ކުރެއްވި ދަތުރުފުޅަކީ، މާމެންދޫގެ ރައްޔިތުން ދެއްވި ދައުވަތަކަށް ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވެވި ދަތުރުފުޅެއް ކަމަށެވެ. އަދި މާމެންދޫގެ ބަނދަރަށް ފައިބައިވަޑައިގެންނެވި ވަގުތު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު އައިސް ނަރީޝްއާ ދިމާކޮށްލީކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި މަންޒަރު ބަލަން ތިބި މާމެންދޫގެ ބައެއް މީހުން މިކަން ދޮގުކުރެއެވެ. އެމީހުން ކިޔައިދިން ގޮތުގައި ނަރީޝް ކޮލަމާފުއްޓަށް ވަޑައިގެންނެވި ވަގުތަކީ، އެމްޑީޕީގެ ޓިކެޓުގައި ކޮލަމާފުށީ ދާއިރާއަށް ވާދަކުރައްވާ ސައްޔާހު ހަލީލްގެ ބައެއް ބިލްބޯޑުތައް ނުފެންނަ ގޮތަށް ފިޔާތޮށި ފޮތި ދެމުމުގެ ސަބަބުން، އެމްޑީޕީގެ އެކްޓިވިސްޓުންނާ ސަޕޯޓަރުން އެކަމާ ހިންހަމަ ނުޖެހިފައިތިބި ވަގުތެކެވެ

އެހެންކަމުން މިކަން ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުން ނަރީޝްއަށް ދިން ބަހުގެ ހަމަލާތައް ޒުވާބަކަށް ބަދަލުވެ، ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން އެ ތާނގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ އެކްޓިވިސްޓާ ދިމާކޮށްލީކަމަށް ބުނެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ މިއަދު 5:00 ހާއިރު ފުލުހުންނަށް ހުށަހެޅީ ނަރީޝްއެވެ. އެހެންކަމުން މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށް އެ މުވައްސަސާއިން ބުނެއެވެ. އަދި ނަރީޝްއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް އެ މުވައްސަސާއިން ހާމަކޮށްފައިވެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.