Advertisement

ޚާދިމް ޕްރޮގްރާމްގެ ތެރެއިން --

24 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބުގައި ފައިސާގެ ނުފޫޒާއި ވަޒީފާގެ ބިރުވެރިކަން އެބައޮތް: ޖީހާން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ކުރިޔަށް ދާއިރު ވަޒީފާގެ ބިރުވެރިކަމުގެ ވާހަކަތަކާއި، ފައިސާގެ ވާހަކަ އަޑުއިވެމުން ދިޔުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި، ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަޙްމޫދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ނޫން"އިން ގެނެސްދޭ ޚާދިމް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖީހާން ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބަކީ އެންމެ ގިނައިން ފައިސާގެ ވާހަކަ އަޑުވިގެން ދިޔަ އިންތިޚާބު ކަމަށެވެ. އަދި ހަމަ އެކަން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ތަކުރާރުވަމުން އެބަދާކަމަށާއި، ވަޒީފާގެ ބިރު ދެއްކުމާއި ފައިސާގެ ނުފޫޒު ފޯރުވާކަމުގެ އަޑުތައްވެސް އިވިވަޑައިގަންނަވަމުންދާ ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާއިންވެސް އެބަ އަޑު އިވޭ މީހުން ބިރުގަނެފައި ތިބިކަން. ވަޒީފާ އާއި މީހުންނަށް ގޮތެއް ވެދާނެތީ. މީހުންނަށް ލިބެން އޮތް ފްލެޓެއް ނުލިބިދާނެތީ. ދެން އެމީހުންނަށް ސިޔާސީ ގޮތުން ނުފޫޒެއް ފޯރުވައިގެން އާއިލާގެ މެމްބަރަކަށް ގެއްލުމެއް ވެދާނެތީ. ޕްރޮމޯޝަނެެއް ނުލިބިދާނެތީ. ޑިމޯޓްކޮށްލަފާނެތީ. މިބިރުވެރިކަމުގެ ތެރެއިން އަދި އެބައޮތޭ ފައިސާގެ ވާހަކަ. ވަރަށް ތަފާތު 2019 ވަނަ އަހަރާ."

ޖީހާން މަހުމޫދު - ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެދާއިރާގެ ކެންޑިޑޭޓް.

ޖީހާން ވިދާޅުވީ، މިނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ފައިސާގެ ވާހަކަތައް އަޑު އިވުނީ މީގެ ކުރިން ދުވަހަކުވެސް އަޑު އަހާފައި ނުވާ މިންވަރަށް ކަމަށެވެ. އަދި މިހާރު އުފެދިފައި އޮތީ އާދަޔާ ޚިލާފު ތަފާތު ޓްރެންޑެއް ކަމުގައިވެސް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، 2019 ވަނަ އަހަރު އެމްޑީޕީއިން މަޖިލީހުގެ ސުޕަރމެޖޯރިޓީ ނެގި އިރުވެސް މިގޮތަށް ފައިސާގެ ވާހަކަ ނުއިވޭ ކަމަށެވެ. އެހެންވެ މިހާރު މިއޮތް ހާލަތަކީ ކަންބޮޑުވާން ޖެހޭ ހާލަތެއް ކަމުގައި ޖީހާން ވިދާޅުވިއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ޖީހާން ވާދަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށެވެ. ދެވަނަ ދައުރަކަށް އެދާއިރާއަށް ނުކުންނެވުމުންގެ ހިއްވަރު ލިބިވަޑައިގަތީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލަފަޔާއި އިރުޝާދާއި އެމަނިކުފާނު ދެއްވި ހިއްވަރުން ކަމުގައިވެސް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، އެމްޑިޕީގެ ޓިކެޓުގައި ނުކުންނެވި ނަމަވެސް އެންމެ ފުރަތަމަ ފަހަރުވެސް ވަކި ކުލަޔަކަށް ނުބައްލަވައި ދާއިރާގެ ގިނަ ރައްޔިތުން އެކަމަނާއަށް ވޯޓު ދެއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ މަސައްކަތް ކުރެއްވީވެސް މުޅި ދާއިރާގެ ހުރިހާ ރައްޔިތުންގެ މަސްލަޙަތު އިސްކޮށްގެން ކަމަށާއި ދެންވެސް ސާބިތުވެ ހުންނަވާނީ އެގޮތުގައި ކަމުގައި ޖީހާން ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މި އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.