Advertisement

މާލޭގެ ބޮޑު ތަކުރުފާނު މަގު ---

24 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެ ސަރަހައްދުގައި އިޙްސާސްކުރެވޭ ފިނިހޫނުމިން 44.7 ޑިގްރީއަށް އަރައިފި

މާލެ ސަރަހައްދުގައި އިޙްސާސްކުރެވޭ ފިނި ހޫނުމިން، 44.7 ޑިގްރީ ސެލްސިއަސްއަށް މަތިވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު 11:00ގައި ހުޅުލެއަށް 33.1 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މައްޗަށް ދިޔައިރު، ފިނިހޫނުމިން އިހްސާސްކުރެވޭ މިންވަރު ވަނީ 44.7 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ.

މީގެ އިތުރުން ހދ. ހަނިމާދޫއަށްވެސް އިހްސާސް ކުރެވޭ ފިނި ހޫނުމިން 43.7 ޑިގްރީއަށް ވަނީ މައްޗަށް ގޮސްފައެވެ. އަސްލު ފިނިހޫނު މިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވަނީ، ވައިގައި އެކުލެވޭ ތެތްކަން ކުޑަވުމުގެ ސަބަބުންނެވެ.

މިއަދު ހޫނު ގަދަ ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ބައެސް ސަރަހައްދުތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމުގައި އެއިދާރާއިން ވިދާޅުވެފައިވެއެވެ.

މޫސުމާއި ބެހޭ އަހަރީ ތަފާސް ހިސާބުތަކުގައި ވާގޮތުން ރާއްޖެއަށް އެންމެ ހޫނު ގަދަވަނީ، ކޮންމެ އަހަރެއްގެވެސް މާރިޗު މަހާއި އޭޕްރީލް މަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.