Advertisement

ދިވެހި ސިފައިން ދުއްވާ ޑްރޯނެއް ---

25 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ބޭރު ސިފައިން ރާއްޖޭގައި ތިބޭ ގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭނެ ގޮތަކަށް މިސަރުކާރުން އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ ޖަވާބުގެ ނަމުގައި ގެނެސްދެމުުންދާ ސިލްސިލާގެ ތެރެއިން، މިސަރުކާރުން ރާއްޖެއަށް ގެނެސްފައިވާ ޑްރޯންތައް އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން އާއްމު މީހަކު ކޮށްފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ސިފައިންގެ އެއާކޯ ސަރވިސްގައި ވެސް، އަދި އެޚިދުމަތުގެ ދަށުން ދުއްވަން ފެށި، ޔޫއޭވީތައް ދުއްވުމުގައިވެސް ބޭރުގެ ސިފައިން ނުތިބޭނެ ކަމަށެވެ.  އަދި ޑްރޯންތައް އޮޕަރޭޓް ކުރުމަށްވެސް ދިވެހި ސިފައިން ތަމްރީންކޮށްފައި ވަނީ، ދިވެހި ސިފައިން ތުރުކީއަށް ފޮނުވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫއޭވީތައް ދުއްވާނީ ދިވެހި ސިފައިން ކަމަށާއި، ކުރިޔަށް އޮތްތަނުގައި އިތުރު ސިފަން ތަމްރީން ހޯދުމަށް ފޮނުވާނެ ކަމަށާއި މިހާރުވެސް ޓްރޭނިންގައި ދިވެހި ސިފައި ތުރުކީގައި އެބަތިބި ކަމަށެވެ. 

ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގައި ކާމިޔާބީތައް ހޯދިފައިވާ ކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ހިމެނޭ އެންމެ މުހިއްމު ވަޢުދަކީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމެވެ. އެކަމުގައި މިހާރު ދެޤައުމުން އެބަސްވެފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް، އެމީހުންގެ ބަދަލުގައި، އެމީހުން ކުރި މަސައްކަތްތައް ކުރުމަށް އިންޑިއާގެ މަދަނީން ބޭތިއްބުމަށެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.