Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

24 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިސަރުކާރަށް ސަލާމަތް ނުވެވިގެން އުޅެނީ ޕީޕީއެމްގެ ސަރުކާކާރުގެ ލޯނުތަކުން ކަމުގައި ރައީސް ޞާލިޙް ވިދާޅުވެއްޖެ

މިއަދު މިފެންނަނީ ޕީޕީއެމްގެ ވެރިކަމުގައި ނަގާފައި ހުރި ލޯނުތަކުން މިސަރުކާރު ސަލާމަތް ނުވެވިގެން އުޅޭ މަންޒަރު ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ރަސްފަންނުގައި ބޭއްވި، މުޅި މާފަންނު މަޖިލިސް ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީީޕީގެ މަޖިލިސް ކެމްޕޭން މިސްރާބު ހަމަމަގަށް ކެމްޕެއިންގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅެއްގައި، ދިވެހިރާއްޖެއަށް އިންޑިއާއިން ދޫކޮށްފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރަން ބޭނުންވާކަމަށާއި، އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ޤައުމު ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ކުރިމަތިވެގެން މިއުޅޭ ދަތިކަމަކީ، އިންޑިއާ އިން ނަގާފައި ހުރި ލޯނުތަކުގެ މައްސަލަ ނޫންކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

" ދައުލަތުގެ ދަރަންޏާއި ބެހޭ ގޮތުން ތިޔަބޭފުޅުން ހިސާބު ބައްލަވާލެއްވީމާ އެނގިވަޑައިގަންނަވާނެ، ޗައިނާއިން ނަގާފައި ހުރި، ދަރަނީގެ އަދަދަކީ 18 ބިލިއަން. ގައިމުވެސް މިވޭތުވެދިޔަ އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި ޗައިނާއަކުން ނޯންނާނެ ދަރަންޏެއް ނަގާފައެއް. އިތުރަށް ސޮއެކޮށްގެން ފައިސާއެއް ހޯދާފައެއް ނޯންނާނެ. އިންޑިއާއިން އޮތީ 8 ބިލިއަން ރުފިޔާ."

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް --

ރައީސް ޞާލިޙް ވިދާޅުވީ، އިންޑިއާއިން ނަގާފައިވާ 8 ބިލިއަން ރުފިޔާ އަކީ، 5 އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހު 20 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ނަގާފައިވާ ފައިސާ ކަމަށެވެ. އަދި އެއީ 25 އަހަރު ލިބޭ ގޮތަށް ނަގާފައި ހުރި ލޯނުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިއަދު ޤައުމަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ، ޕީޕިއެމްގެ ސަރުކާރުން ކުރިން ނަގާފައި ހުރި ދަރަނިތައް ކަމަށާއި، މިހާރު ސަލާމަތް ނުވެވިގެން އުޅެނީ އެދަރަނިތަކުން ކަމަށެވެ.  

ރައީސް ޞާލިޙް ވަނީ، ރާއްޖެއަށް ދިމާވާ ދަތި އުނދަގޫކަންކަމުގައި އަވައްޓެރި ޤައުމުތަކުން އެހީތައް ވެދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައިވެސް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.