Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

23 Mar 2024
ޚަބަރު

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބަންދުން ދޫކުރަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަކުން ނޫން: ހޯމް މިނިސްޓަރ

ތަޙްޤީޤު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ދޫކުރުން ނުވަތަ، ލުއި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫންކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށްގެން ބަންދުކޮށްފައިވާ ބަޔަކު ދޫކޮށްލާފައިވާތީ އެކަމާއި ގުޅިގެން ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ، ތަޙްޤީޤު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ދޫކުރުން ނުވަތަ، ލުއި ދިނުމަކީ، ކޯޓުތަކުން ނިންމަވާ ނިންމުމެއް ކަމަށެވެ.  އަދި ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެފަދަ ކަންކަން ސާފުވުން މުހިއްމު ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، މީގެ ދެތިން ދުވަސްކުރިން، ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަން ހިނގިގޮތް ރައްޔިތުންނަށް އޮޅުވާލަމުންދާތީ އެކަން ސާފުކޮށްދޭން ބޭނުންފުޅުވީ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ އިޙްސާން ވިދާޅުވީ، އެ ނިންމުމަކީ، ކޯޓުގެ ނިންމުމެއް ކަމަށެވެ، ސަރުކާރުގެ ނިންމުމެއް ނޫންކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް ގެންދަވަނީ އެނިންމުން އިސްތިއުނާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

ކުޑަކުއްޖަކު ގުރޫޕްކޮށް، ކުޑަކުއްޖަކާއި އެކު ބަދު އަޚުލާޤީ ޢަމަލު ހިންގި މައްސަލައިގައި ހައްޔަރުކޮށް ޝަރީޢަތް ހިނގަމުންދާ ދެ މީހަކު، ސަރުކާރު ހިންގާ ޕާޓީން މަޖިލިސް އިންތިޚާބަށް ވާދަކުރާ ދެ ކެންޑިޑޭޓެއްގެ ކެމްޕޭނަށް ދޫކޮށްލާފައިވާ ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އާއި އާއްމު ބައެއް ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. 

މިނިސްޓަރ އިޙްސާންގެ އެކްސްޕޯޓަށް ރައްދުދިން ބައެއް މީހުން ވަނީ، ރައީސް ޔާމީން ބަންދުން މިނިވަން ކުރައްވާނެ ކަމަށް، އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީއްވެތޯވެސް ސުވާލު އުފައްދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.