Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --- ފޮޓޯ: އެމްޑީޕީ

24 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މެދުއިރުމަތިން މިސަރުކާރަށް ލިބުނު އެއްޗަކީ 50 ޓަނުގެ ކަދުރު: ރައީސް ޞާލިޙް

މިސަރުކާރަށް، މެދު އިރުމަތީގެ ޤައުމަކުންވެސް 50 ޓަނުގެ ކަދުރު ފިޔަވައި އެހެން އެއްޗެއް އަދި ނުލިބޭ ކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ރަސްފަންނުގައި ބޭއްވި، މުޅި މާފަންނު މަޖިލިސް ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީީޕީގެ މަޖިލިސް ކެމްޕޭން މިސްރާބު ހަމަމަގަށް ކެމްޕެއިންގެ ތެރެއިން ބޭއްވި މިބައްދަލުވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، މިސަރުކާރުން ޢަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ދައުލަތަށާއި، ރައްޔިތުންނަށް ގެއްލުންތައް ލިބި ދޭދޭ ޤަައުމުތަކުގެ މެދުގައި އޮތް ގުޅުންތައް ކެނޑެމުންދާކަން ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ، ބޯހަރުކަމާއި ގޮތްދޫނުކުރުމުގެ ސިފަ މިސަރުކާރުގައި އޮތްކަން ފާހަގަކުރައްވައި، އެކަން ދޫކޮށްލެއްވުމަށް ގޮވާލައްވާފައެވެ.

"ބޯހަރުކަން ދޫކޮށްލާފައި، މީހުންނާއި ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަތިބި. އެހެންނަމަވަސް ގޮތް ދޫކުރާކަށް ނޫޅުނު. އަދި ކިރިޔާ އެބަ ވިސްނޭހެން އަޅުގަނޑަށް ހީވަނީ. ގޮތް ދޫކުރަން ބޯހަރުކަން ދޫކޮށްލަަންވެއްޖެކަން. އަދިވެސް ތިމަންނަމެންނަށް އެހީތެރިވާން ތިބޭނީ އަވަައްޓެރިންނާއި، އަޅުގަނޑުމެންގެ އިސްލާމީ އުއްމަތުގެ އަޅުގަނޑުމެންގެ ގާތް ރައްޓެހިން. މިއަދާއި ހިސާބަށް އައި އިރުގައި، މެދުއިރުމަތީގެ އެއްވެސް ޤައުމަކުންވެސް އަދި މިހާތަނަށް، އެލިބުނު 50 ޓަނުގެ ކަދުރު ފިޔަވައި އިތުރު އެއްޗެއް ނުލިބުނު" 

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް --

މިސަރުކާރު އައިފަހުން، ރާއްޖެއަށް ޢަރަބި އިސްލާމީ ޤައުމުތަކުން ލިބުނު އެއްޗަކީ، ހަމައެކަނި 50 ޓަނުގެ ކަދުރުކަމުގައި ރައީސް ޞާލިޙް ވިދާޅުވި އިރު، އެ ކަދުރަކީ، ކޮންމެ ސަރުކާރެއް ރާއްޖޭގައި އޮތަސް ސަޢޫދީސަރުކާރުން ދިވެހިރާއްޖެއަށް ދެމުން އަންނަ ކަދުރެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިސަރުކާރަށް ހަތަރުމަސް ވެގެން ދިޔައިރު، ސަޢޫދީއަރަބިއްޔާއަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަޑައިނުގަންނަވާކަން ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ގޮތަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވާނެ ޤައުމުތަކުގެ ތެރޭގައި ސަޢޫދީއަރަބިއްޔާ ހިމެނޭނެކަމަށް ސަރުކާރުގެ އިސްފަރާތްތަކުން އަޑުތައް ފެތުރިއެވެ. މިގޮތުން ފުރަމާނަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަންނަވާނީ، ސަޢޫދީއަށް ވަޑައިގެންނެވުމަށްފަހުގައިކަން އޭރު ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދެވިކަންވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރު މިދަނީ ހަމަމަގުން ނޫންކަމަށާއި، ސަރުކާރު އޮތީ ހަމަމަގަށް އަޅުވަން ޖެހިފައި ކަމަށެވެ.

މިސަރުކާރު ފެށުނު ފަހުން އަވައްޓެރި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށްބޮޑަށް ގޯސްވެފައި ވާއިރު، ސަޢޫދީއަރަބިއްޔާ އާއި ރާއްޖޭގެ ގުޅުންވެސް ވަނީ ގޯސްވެފައި ކަމުގައި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުންގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.