Advertisement

ފައިލް ފޮޓޯ

25 Mar 2024
ޚަބަރު

ކަރަންޓު ކެނޑި އަހަރުތަކެއް ފަހަތަށް ވެލިދޫ ސޮއްސާލައިފި

އާދީއްތަ ދުވަހުގެ ހެނދުނު ވެލިދޫގެ ރައްޔިތުންނަށް ހޭވެރިކަންވީ، ކޮޓަރި ފިނިކުރަން ބޭނުންކުރަމުން ދިޔަ ފަންކާތަކާއި އޭސީތައް ހުއްޓުމަކަށް އައިސްގެނެވެ. އޭރު އަދި ގަޑިން 7 ޖަހާ ވަގުތުކޮޅެއް ހިނގީއެވެ. އޮފީސްތަކަށާއި، ސްކޫލަށް ދާން އެލާމްކޮށްފައި އޮތް ފޯނުގެ އެލާމަށް ވީގޮތެއް ބަލާލިއިރު، ރަނގަޅަށް ނިދާލަން ގިނަ ވަގުތު ވެސް އޮތެވެ. ނަމަވެސް ރަށުގެ ކަރަންޓު ވިއުގަޔަށް މައްސަލަތަކެއް ދިމާވެގެން އުޅޭކަން މި އެނގުނީ ދެނެވެ.

ނ. ވެލިދޫ ފެނަކަ ބްރާންޗުގެ އިސް ފަރާތަކުން އެ ރަށުގެ އޮފިޝަލް ވައިބާ ގްރޫޕުގައި ލިޔެފައިވާ ގޮތުގައި، ހެނދުނު ކަރަންޓު ގޮސްފައިވަނީ ރަށުގައި ބޭނުން ކުރަމުންދިޔަ ދެ އިންޖީނަށް މައްސަލަތަކެއް ދިމާވެގެނެވެ. އަދި މައްސަލަ ހައްލުނުވެ ގިނަ ވަގުތު ހޭދަވަމުން ދިޔުމުން، ޚިދުމަތްދޭނެ ހާލަތެއް ނެތިގެން ރަށުގައި މުހިންމު ޚިދުމަތްދޭ އޮފީސްތަކުން ޚިދުމަތް މެދުކަނޑާލިއެވެ. ނުވިތާކަށް ސްކޫލު ބަންދުކޮށް ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ. އޭޓީއެމް އާއި ބޭންކުގެ ޚިދުމަތް ވެސް މެދުކަނޑާލަން ޖެހުނެވެ. ރަށުގެ ފިހާރަތަކާއި ބޭސް ފިހާރަ ތަކުގައި ހުރި، ކޮންމެހެން ފިނިކުރަން ޖެހޭ ތަކެއްޗަށް ހަދާނެ އިތުރު ގޮތެއް ހޯދުމަށް މަސައްކަތް ކުރަން ޖެހުނެވެ.

ފެނަކަ މުވައްޒަފުން ކުރި މަސައްކަތުން، ރަށުގެ ބައެއް ގޭގެއަށް ހެނދުނު 10 ޖަހާކަށްހާއިރު ކަރަންޓު ދެވޭ ގޮތް ވިއެވެ. ނަމަވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު "ނޫން" އަށް ކިޔައިދިން ގޮތުގައި، ކަރަންޓު ދެވިފައިވަނީ މަދު ގެއަކަށެވެ. ގިނަ ގޭގެ އަސާސީ މުހިންމު ހިދުމަތަކުން މަހުރޫމުވެފަ އޮތްއިރު، ރަށު ކައުންސިލާއި، ބޭންކު ހިމެނޭ ސަރަހައްދަށް ކަރަންޓު ދެވޭވަރު ނުވުމުން، މުހިންމު ޚިދުމަތްތައް ފެއްޓޭނެ ހާލަތެއްވެސް ނެތެވެ.

ކަރަންޓު އަންނާނެކަމުގެ އުއްމީދުގައި ތިއްބައި މެންދުރު ވެއްޖެއެވެ. ކަންދިމާކުރި ގޮތުން މި ދުވަހަކީ ރާއްޖޭގައި ފިނިހޫނުމިން ރެކޯޑު ކުރެވުނު މިންވަރު އާދަޔާ ޚިލާފަށް މަތި ދުވަހެއްވެސް މެއެވެ. މާލެއިން އުތުރުގައި 11 ޖެހިއިރު އިހުސާސް ކުރެވޭ ފިނިހޫނުމިން އުޅުނީ 43.7 ގައެވެ. އަދި މެންދުރު 2 ޖެހިއިރު މި އަދަދު ވަނީ 44.7 އަށް މައްޗަށް އަރާފައެވެ. ވެލިދޫގެ އާބާދީގެ ބޮޑުބައެއް މުޅި ދުވަސް ހޭދަކުރަން ޖެހުނީ މި ހޫނުގައެވެ. ރޯދަ މަހުގެ އެންމެ ތިޔާގި އެއްތަން ކަމުގައިވާ ބަދިގެތައް ވެސް މިއަދު އެ ރަށުގައި ފަޅުކޮށްލިއެވެ

އެންމެ ފަހުން އިރުއޮއްސުނު އިރުވެސް ކަރަންޓުގެ މައްސަލަ ހައްލު ކުރެވިފައެއް ނުވެއެވެ. ގިނަ ގޭގޭގައި ރޯދަ ވީއްލީ ފުޅި ބައްތި އަލީގައެވެ. މަޑުމަޑުން މުވާސަލާތީ ގުޅުން ވެސް ކެނޑެން ފެށިއެވެ. އެއީ އެ ޚިދުމަތަށް ބުރޫ އަރައިގެނެއް ނޫނެވެ. ނަމަވެސް ފޯނު ތަކުން ޗާޖު ގޮސްގެނެވެ. ޗާޖު ކުރެވޭނެ ގޮތެއް ނެތެވެ. އަނދިރިކަމުން ކޮޓަރި ބޭނުން ކުރެވޭނެ ގޮތެއް ނެތެވެ. ވެލިދޫ ސޮއްސާލީ އެތައް އަހަރެއް ފަހަތަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް "ނޫން" އިން ކުރި މަސައްކަތުން އެނގުނު ގޮތުގައި، ފެނަކައިގެ އިންޖީނުތަކަށް މި ދިމާވި މައްސަލަތަކަކީ، މި ކަމުގެ ރަނގަބީލު އަޅާތާ ގިނަ ދުވަސްވީ މައްސަލަތަކެކެވެ. އެ ރަށުން ވާހަކަދެއްކި މީހަކު ހާމަކުރިގޮތުގައި، މި މައްސަލަ ދިމާވުމުގެ ކުރިން، މިކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ލިޔުމުން ވަނީ ފެނަކަ މައި އޮފީހަށް އަންގާފައެވެ. ނަމަވެސް މިކަމަށް އެދެވޭ އިޖާބައެއް ނުދިނުމުން، އެ ރަށު ރައްޔިތުން މިއަދާއި މިރޭ އަސާސީ ގިނަ ޚިދުމަތްތަކަކުން މަހުރޫމުވެއްޖެއެވެ

ނަން ހާމަނުކުރުމަށް އެދި އެ ރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ފާހަގަކުރި ގޮތުގައި، މިރޭ 11 ޖަހާކަށްހާއިރު ވަގުތީ ގޮތުން ކަރަންޓުގެ ޚިދުމަތް ވަނީ މުޅި ރަށަށް ދެވިފައެވެ. ނަމަވެސް، މިއީ އެއްވެސް ޔަގީންކަމެއް ނެތް ހައްލެކެވެ. އާދީއްތަ ދުވަހެކޭ އެއްގޮތަށް ހޯމަ ދުވަހު ވެސް އެ ހާލަތު ތަކުރާރުވުމަކީ ދުރުގަ އޮތް ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރިއެވެ

މި މައްސަލައިގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ރަށުގައި ބޭނުންކުރާ އިންޖީނުތަކުން ރަށަށް ބޭނުންވާ މިންވަރަށް ކަރަން އުފައްދާ ނުދެވުންކަމަށް ވާއިރު، މި މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކޭބަލް އާއި އެހެނިހެން ސާމާނު ވެސް ރަށުގައި ނެތުމުން، ކައިރި ރަށްރަށުން މިކަމުގެ އެހީތެރިކަމަށް އެދިފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.