Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް --

24 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީސަރުކާރޭ ކިއުމުގެ ހައްގެއްނެތް މިސަރުކާރަކަށް ނެތް: ފައްޔާޒް

މަޝްރޫޢުތައް ކުރިޔަށް ނުގޮސް ހުއްޓިފައި އޮތުމާ ގުޅުވައި، މިސަރުކާރަށް ކުރީސަރުކާރޭ ކިއުމުގެ ހައްގެއްނެތް ނެތްކަމުގައި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައި ކަމުގައި، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވިދާޅުމާއި ގުޅިގެން، މިސަރުކާރުގެ ވަޒީރުންނާއި އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން، ޝާހިދަށް އެކްސްގައި ރައްދުދޭން ފެށުމާއި ގުޅިގެން، ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒު ވިދާޅުވީ، ކޮންމެ ރަށަކުންވެސް ފެންނަނީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފައިވާ މަންޒަރުކަމަށާއި، ސަރުކާރާ ހަވާލުވީ ތިމަންނާއަށް ވާނެ އޭ ކުރާނަމޭ ކިޔާފައި ކަމަށެވެ. އެހެންކަމުން މިހާރު ދެން ކުރީސަރުކާރޭ ކިއުމުގެ ހައްގެއްނެތް މިސަރުކާރަށް ނެތް ކަމަށާއި، އަމިއްލައަށް ހަވާލުވީ ހުރިހާކަމެއް ކުރާނަމޭ ކިޔާފައި ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރުން ހެދިދޮގުތަކުން ސަލާމަތް ވާން ނިއުޒިލޭންޑް ބޭފުޅުންވެސް ނެރެގެން އަނެއްކާވެސް ހެދީ ދޮގު ކަމަށެވެ.

ޝާހިދު އެކްސްގައި ޕޯސްޓް ކުރެއްވި ވީޑިއޯއަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ، މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، ގިނަ މިނިިސްޓަރުންތަކެއްވެސް ވަނީ ރައްދުދީ ލިޔުއްވާފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.