ޚަބަރު
04 Apr 2024
ޚަބަރު
ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަދީފި
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާތީ، މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް، ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
04 Apr 2024
ޚަބަރު
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކައިފި
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ، އެމްޑީޕީ ސަރުކާރުގައި ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.
04 Apr 2024
ޚަބަރު
ހުޅުމާލޭގައި ފިތުރޯނު ގަހެއްގެ ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
މިއަދު މެންދުރު ހިނގި މިހާދިސާގައި އަނިޔާވެފައި ވަނީ މަގު މަތިން ސައިކަލެއްގައި ދިޔަ ފިރިހެނަކަށް ކަމަށާއި، އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށް މަންޒަރުދުށް މީހުން ބުނެފައިވެއެވެ.
04 Apr 2024
ޚަބަރު
ފިތުރު ޒަކާތުގެ ގޮތުގައި، 4.4 މިލިއަން ރުފިޔާ ދައްކައިފި
ފިތުރު ޒަކާތާއި ބެހޭ ގޮތުން އާއްމުކުރި ތަފާސް ހިސާބުގައި ވާގޮތުން، ރޯދަމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާރުގެ ގޮތުގައި ވަނީ، 4،499،433ރ (ހަތަރުމިލިޔަން ހަތަރުލައްކަ ނުވަދިހަނުވަހާސް ހަތަރުސަތޭކަ ތެއްތިރީސް ރުފިޔާ) ދައްކާފައެވެ. މިގޮތުން އެންމެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެެވެ.
03 Apr 2024
ޚަބަރު
ފުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރޭ ގެ އެކްސިޑެންޓް ހިނގާފައި ވަނީ، ފުވައްމުލަކު ދިގުވާޑު ނައިބު ތުއްތުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެމަގުގައި ބާއްވާފައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 23:45 ގައި ކަމަށެވެ.
02 Apr 2024
ޚަބަރު
ފުރަތަމަ ކުއާޓަރ ނިމުނު އިރު ޓުއަރިސްޓް އެރައިވަލްގެ ތާރީޚީ ރެކޯޑެއް!
ޓުއަރިޒަމް މިނިސްޓްރީ ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުގައި، މިއަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ހަ ލައްކަ ހުރަސްކޮށްފައެވެ. މިގޮތުން، މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، 15 އިންސައްތައިގެ ކުރިއެރުމެކެވެ.
02 Apr 2024
ޚަބަރު
ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ މާލެއިން ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިފައި ވަނީ މާލެއިން ކަމަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ، ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު، (13 އަހަރު) އެވެ.
02 Apr 2024
ޚަބަރު
ރާއްޖޭގެ ޒަކާތު ފަންޑުން ގާޒާއަށް ކާބޯތަކެތީގެ އެހީ ފޮނުވަން ނިންމައިފި
އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ޒަކާތު ފަންޑުން ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ނިންމަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
02 Apr 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އީދު ބަންދަށް ފަހު
02 Apr 2024
ޚަބަރު
ހުޅުމާލެއިން ކުޑަ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ
އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ، އެކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ، އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
01 Apr 2024
ޚަބަރު
އިލެކްޝަންސް ކޮމިޝަނުެގެ މެމްބަރު ކަމުގެ މަޤާމަށް ޙަސަން ޒަކަރިއްޔާ އައްޔަނުކުރަން ފާސްކޮށްފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި، ޙަސަން ޒަކަރިއްޔާއަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، 39 މެމްބަރުން ވޯޓުދެއްވީ ކޮމިޝަންގެ މެމްބަރުކަމަށް އޭނާ އައްޔަނުކުރުމަށް ފެންނަ ކަމަށެވެ.
01 Apr 2024
ޚަބަރު
ފްލެޓް ކޮމިޓީއަށް އިތުރު ބޭފުޅުން ޢައްޔަނުކުރައްވައިފި
އެކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ، މައުރޫފް ޖަމީލުގެ އިތުރުން ފާތިމަތު ސައީދާއި އާމިނަތު ޝާއިރާއެވެ.
01 Apr 2024
ޚަބަރު
މިސްކިތުން ވައްކަން ކުރި މީހަކު ހޯދައި ހައްޔަރުކޮށްފި
ތަޤުވާ މިސްކިތުން މީހަކު ފަންކާއެއް ވަގަށް ނަގައިގެން މީހަކުދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސިޓީކައުންސިލުން އިއްޔެ އާއްމު ކުރިއެވެ. އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، އެވީޑިއޯގައި ފެންނަ މީހާ ހޯދައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
01 Apr 2024
ޚަބަރު
ފުލުހެއްގެ ގައިގައި ކާރުން ޖައްސައި ވައްޓައިލި ޑްރައިވަރަކު ހައްޔަރުކޮށްފި
އިއްޔެ ހަވީރު ހިނގި މިހާދިސާގައި ފުލުސް މީހާގެ ގައިގައި ޖެހިފައި ވަނީ ޓެކްސީއަކުންނެެވެ. ޓެކްސީ ޑްރައިވަރު ގަސްތުގައި ފުލުސް މީހާގެ ގައިގައި ޖެއްސީކަމެއް ނުވަަތަ ޖެހުނީ ކަމެއް ސާފެއް ނޫނެވެ. ކާރުން ފުލުސް މީހާގެ ގައިގައި ޖެހި ވެއްޓުމާއި އެކު ކާރު ވަގުތުން ހުއްޓިއެވެ.
31 Mar 2024
ޚަބަރު
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މޯލްޑިވިސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން މިއަދުން ފެށިގެން އޭޕްރީލް މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނީ، ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 16:00އަށެވެ. އަދި އޭޕްރީލްމަހުގެ 9 ވަނަ ދުވަހު ޒަކާތް ބަލައިގަންނާނީ، މެންދުރުފަހު 13:00 އިން އިރުއޮއްސި 18:00އަށެވެ.
31 Mar 2024
ޚަބަރު
މާލޭގެ އެއް މިސްކިތަކުން 7 ފަންކާ ވަގަށް ނަގައިފި
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މިސްކިތްތަކުން ވައްކަންކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އަދި އެފަދަ މައްސަލަތައް ފުލުހުންނަށް ހުށައަޅަމުންދާ ކަމަށެވެ.